ގޮދަން
Appearance
![](http://upload.wikimedia.org/wikipedia/commons/thumb/9/96/Wheat_P1210892.jpg/250px-Wheat_P1210892.jpg)
ގޮދަން(ސައިންޓިފިކް ނަން: Triticum)ނުވަތަ (އިނގިރޭސި ބަހުން: Wheat)އަކީ އޮއްޓަރު ގޮވާމުގެ ބާވަތެކެވެ. ގޮދަން އާންމުކޮށް ހެދެނީ ހޫނު ހިސާބުތަކުގައެވެ. އެންމެ ފުރަތަމަ ގޮދަން ހެެދުނީ ފާރިސް ކަރައިގައެވެ. ގޮދަން ފުށް ހަދަނީ ގޮދަން މުގުރައިގެންނެވެ. ގޮދަން ފުށަކީ ދިވެހިންގެ ކެއުމުގައި ތަފާތު ކާތަކެތި ތައްޔާރު ކުރުމަށް ބޭނުން ކުރެވޭ އެއްޗެކެވެ. ގޮދަނުގެ ތަފާތު އެތައް ވައްތަރުތަކެއް ހުންނަކަން ފާހަގަ ކުރެވެއެވެ. ގޮދަނުގައި ޕްރޮޓީން، ފެޓް، އަދި ކާބޯހައިޑްރޭޓް، ދަގަނޑު، އަދި ފައިބަރު ގިނަ އަދަދަކަށް އެކުލެވިގެން ވެއެވެ.