ގޮން މަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ
ފުންމަވާ: ސަމުގާ, ހޯއްދަވާ
ގޮން މަސް

ގޮން މަސް(ސައިންޓިފިކް ނަން: Ostracion tuberculatum)ނުވަތަ (އިނގިރޭސި ބަހުން: Blue spotted boxfish) އަކީ ރާއްޖޭގެ ފަރުފަޅާއި ރަށް ރަށުގެ ބޭރުމަތީގައި ދިރިއުޅޭ މަހެކެވެ. ގޮނުގެ މިބާވަތަކީ އޭގެ ޅައުމުރުގައި ރީނދޫ ކުލައިގައި ކަޅު ތިކިތަކެއް ޖަހާފައި ހުންނަ މަހެކެވެ. މިބާވަތުގެ ޅަމަސް ފަރުފަރުގެ ގާތަކުގެ ނިވަލުގައި ދިރިއުޅުމަށްފަހު ބޮޑުވުމުން ރަށްރަށާއި ފަރުފަރުގެ ބޭރަށް ނުކުމެ އުޅެއެވެ. ގޮނު ނުވަތަ ގޮން މަސް އަކީ ހަތަރު އަރިގޮތަށް ފޮށިގަނޑެއް ހެން ހުންނަ މަހެއް ކަމުން މިމަހުގެ ބަނޑު ތެރޭގައި ހުންނަ ބައިބައި ނަގައި ސާފުކޮށް ހިއްކުމަށް ފަހު ގޭތެރެ ޒީނަތްތެރިކުރުމަށް ފާރުގައި ހަރުކޮށް އުޅެއެވެ.