ގެގްލިއަލްމޯ މާކޯނީ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ގެގްލިއަލްމޯ މާކޯނީ އުފަންވެ ވަޑައިގަތީ އިޓަލީ ވިލާތުގެ ޕޮލޯނިޔާގައި 1847 ވަނަ އަހަރު އެވެ. އޭނާ އެއްވެސް ސުކޫލެއްގައި ތަޢުލީމް ޙާޞިލްކޮށްފައެއް ނުވެއެވެ. ތަޢުލީމް ޙާޞިލްކުރިކަމަށް ބެލެވިފައިވަނީ އަމިއްލަ ގޭގައި ހުރެގެންނެވެ.

ދުރަށް އަޑުފޮނުވާ ފޮށި ނުވަތަ ރޭޑިޔޯ އުފެއްދުމުގެ މަސައްކަތް މާކޯނީ ފެށީ އޭނާގެ އުމުރުން އެންމެ 25 އަހަރު ގައެވެ. މިމަސައްކަތުގައި ކޮންމެވެސް ކަހަލަ ކާމިޔާބެއް ލިބި 1896ގައި އަޑުފޮއްޓެއް އީޖާދު ކުރިއެވެ. ނަތީޖާއެއްގެ ގޮތުން އިގިރޭސި ވިލާތަށް ދަތުރުކޮށް އެގައުމުގައި މާކޯނީގެ އުފެއްދުން ތަޢާރަފު ކުރިއެވެ. އަދި އެގައުމުގައި މާކޯނީ ޚާއްޞަ ކުންފުންޏެއް އުފައްދާ މިއަޑުފޮށި ތަރައްގީ ކުރުމުގެ މަސައްކަތް ފެށިއެވެ.

1898 ގައި މާކޯނީ ގްރާމް ގެ ނަމުގައި ވަޔަރލެސް ކޯޑް އިގިރޭސި ކެނަލް ހުރަސްކޮށް ފޮނުވަން ފެށިއެވެ. އަދި 1901 ގައި މިމަސައްކަތް މިއަށްވުރެ ފުރިހަމަކޮށް އެޓްލާންޓިކް ކަނޑު ހުރަސްކޮށް ވަޔަރލެސް ކޯޑް ފޮނުވަން ފެށިއެވެ. މާކޯނީގެ މިމަސައްކަތަށް 1909 ވަނަ އަހަރު ވަނީ ނޯބެލް އިނާމް ލިބިވަޑައިގެންފައެވެ. 1910 ވަނަ އަހަރު އާޖެންޓީނާ އާއި، އަޔަލޭންޑް އާއި ދެމެދު ވަޔަރލެސްގެ ޒަރީއާއިން ގުޅޭނެގޮތް ހޯދުމާއި ގުޅިގެން މިއަގުހުރި ހޯދުން މުޅި ދުނިޔެއަށް ތަޢާރަފްވެގެން ދިޔައެވެ. 1920ގައި މާކޯނީގެ އުފެއްދުން ރޭޑިޔޯގެ ގޮތުގައި ބާޒާރަށް ފުރަތަމަ ފަހަރަށް ނެރުނެވެ.