ގެނބުރު ރާގޮނޑި

ވިކިޕީޑިއާ އިންވިކިޕީޑިއާ
ގެނބުރު ރާގޮނޑި

ގެނބުރު ރާގޮނޑި(އިނގިރޭސި ބަހުން: Auxis rochei )ނުވަތަ (އިނގިރޭސި ބަހުން: Bullet tuna) އަކީ ވަށްކޮށް ދިގުކޮށް ހުންނަ މަހެކެވެ. މަހުގެ އަނގައިގައި އެއްބަރިއަށް ހުންނަ ކުދިދަތްތަކެއް ހުރެއެވެ. މަހުގެ ބުރަކަށިމަތީގެ ފުރަތަމަ ކޮތަރިބައިގައި 10 ނުވަތަ 11 ހަރުކަށި ހުރެއެވެ. ބުރަކަށިމަތީ ދެކޮތަރިބައި ދޭތެރެ ދުރެވެ. ދެވަނަ ކޮތަރިބަޔާއި ޖެހިގެން 8 ކުދިކޮތަރިބައި ހުރެއެވެ.

ގެނބުރު ރާގޮނޑި އަކީ ރާގޮނޑިއާއި ވަރަށް އެއްގޮތް މަހެކެވެ. މިދެބާވަތުގެ މައިގަނޑު ތަފާތަކީ މަހުގެ މަތީބައިގައި ހުންނަ ގަދަ ނޫކުލައިގެ ކުރެހުން ފެށިފައި ހުންނަ ހިސާބުގެ ތަފާތާއި، ދެއަރިމަތީގައި ހުންނަ ހުޅުނބު ރޮނގުގެ ފުޅާމިނުގެ ތަފާތެވެ. މިތަފާތު މަސް ތާޒާކޮށް ހުންނައިރު ޚާއްޞަކޮށް ރާގޮނޑިތަކެެއްގެ ތެރޭގައި އޮންނައިރު، ދެނެގަތުން ވަރަށް ދަތިވާނެއެވެ. މިމަސް އެންމެ ބޮޑުވަނީ އާއްމުކޮށް 50 މީޓަރަށެވެ. މަހުގެ ކާނާއަކީ ކުދި މަހެވެ.

މިއީ ހޫނު ކަނޑުތަކުގައި އައިން ހަދައިގެން އުޅޭ ކަނޑުމަހުގެ ބާވަތެކެވެ. މިބާވަތުގެ މަސް އިންޑިޔާގެ އައްސޭރި ކައިރި ކަނޑުތަކުގައި ވަރަށް ގިނައިން އުޅެއެވެ. ނަމަވެސް މިއީ ރާއްޖޭގެ މަސްވެރިންނަށް ކަނޑުމަހުގެ މަސްވެރި ކަމުގައި ވަރަށް މަދުން ބޭނޭ މަހެކެވެ. ރާއްޖެއިން މިބާވަތް މަދުން ރިކޯޑްކުރެވި، އަދި ރާއްޖޭގެ މަސްވެރިން މިމަހަށް ވަކި ނަމެއް ކިޔައި ނޫޅޭތީ، މިމަހަށް ގެނބުރު ރާގޮނޑި ކިޔާފައި ވަނީ އެވެ. މިއީ ކެއުމަށް ރަގަޅު މަހެކެވެ.