ގުއި ބުރަދަ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ގުއިބުރަދަ

ގުއިބުރަދަ(ސައިންޓިފިކް ނަން: Abudefduf septemfasciatus)ނުވަތަ (އިނގިރޭސި ބަހުން: Banded major) އަކީ ރާއްޖޭގެ ތިލަފަޅުތަކުގައި ގިނައިން އުޅޭ މަހެކެވެ. މިބާވަތް ގިނައިން އުޅެނީ ރަށްރަށުގެ ގޮނޑުދޮށާއި، ކައިރި ތޮށިގަނޑުތަކުގެ ނިވަލުގައެވެ. އަދި ޚާއްޞަކޮށް މޫދަށް އުކާލެވޭ ތަކެތި ގިނަ ހިސާބުތަކުގައި މިބާވަތް ގިނައިން އުޅެއެވެ. މިއީ ޖެހޭ ކޮންމެ އެއްޗެއް ކެއުމަށް ޖެހިލުމެއްވާ މަހެއް ނޫނެވެ. ދިވެހިން އާންމު ގޮތެއްގައި މިމަސް ކައެއް ނޫޅެއެވެ. ކުޑަކުދިން މިމަސް ފަޅުފަޅުގެ ތިލަ ހިސާބުތަކުން ގިނައިން ހިފައިގެން ގެންގުޅެއެވެ.

މަހުގެ ކަރުތާފަތްގަނޑުގެ މަތީބައިގައި ހުޅުބު ހުރެއެވެ. ކަރުތާފަތްގަނޑުގެ ކައިރިފަށް ހުންނަނީ އޮމާންކޮށެވެ. މަހުގެ ކަންފަތްގަނޑުގެ ދިގުމިން ބޮލުގެ ދިގުމިނާއި އެއްވަރެވެ. މަހުގެ މަތީ ބައިގެ ކުލައަކީ ރީނދޫ ކުލައެވެ. މިކުލަ ބަނޑުދަށް ފަރާތުގައި ފަނޑެވެ. މަހުގެ ހުރަހަށް ފުޅާ 7 ރޮނގު ފާޅުކޮށް ފެންނަން ހުރެއެވެ. މަހުގެ ކަންފަތް ގަނޑުގެ ބުޑުދަށުގައި ލަފެއް ހުރެއެވެ. މިމަހުގެ ނިގޫފަތާއި ބަނޑުދަށް ފަރާތުގެ ކޮތަރިބައިގެ ކުލައަކީ އަޅިކުލައެވެ.