ގިނި މަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ
ގިނި މަސް

ގިނި މަސް(ސައިންޓިފިކް ނަން: Lutjanus gibbus)ނުވަތަ (އިނގިރޭސި ބަހުން: Humbback red snapper)އަކީ ރަތްމަހާއި ވަރަށް އެއް ސިފަޔަކަށް ހުންނަ ރަތްމަހަށްވުރެ ކުޑަ ސައިޒެއްގެ މަހެކެވެ. މިއީ ރާއްޖޭގެ ފަރުފަރުގެ ބޭރުގައި ވަރަށް ގިނަ އަދަދަކަށް އުޅޭ މަހެކެވެ. އަދި ރޭގަނޑު ކެޔޮޅު ކަމުގައި ބާނާ ބާވަތްތަކުގެ ތެރޭގައި ގިނިމަސް ބޭނިފައި ހުންނަލެއް ގިނަކަން ފާހަގަ ކުރެވެއެވެ.

ގިނިމަހުގެ ކުލައަކީ ގަދަމުށި ކުލައެވެ. އާންމު ގޮތެއްގައި މިބާވަތް ގިނައިން އުޅެނީ އިންޑިޔާ ކަނޑާއި، ޕެސިފިކް ކަނޑުގެ ހޫނު ހިސާބުތަކުގައެވެ. ބައެއް ފަހަރަށް ވަރަށް ތިލަ ބޭރުމަތީގައި އައިންހަދައިގެން އުޅޭތަން ވެސް ފެނެއެވެ. މަހުގެ ކާނާ އަކީ ކުދިމަހާއި، އެހެނިހެން ކުދިކުދި ފަނިފަކުސަ އެވެ.