ގަންސް އެން ރޯސަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ
ގަންސް އެން ރޯސަސް
އޮރިޖިނަލް ގަންސް އެން ރޯސަސް. (ވާއަތުން ކަނާއަތައް ) ސްޓީވަން އެދްލާރ، ސްލޭޝް، އެކްސެލް ރޯސް، އިޒީ ސްޓްރެޑްލިން، ޑަފް މެކޭގަން.
Background information
Originލޮސް އެންޖަލީސް, ކެލިފޯނިޔާ, ޔޫއެސްއޭ
Genresހާޑް ރޮކް
Years active1985 - މިއަދާ ހަމަޔަށް
LabelsUZI Suicide
Geffen
Universal
Websitehttp://www.gunsnroses.com/

ފަންވަތް:Infobox musical artist/tracking

ގަންސް އެން ރޯސަސް އަކީ 1980ގެ ފަހުގެ އަހަރުތަކުގައި އާއި 1990ގެ ކުރީކޮޅުގައި މަޝްހޫރުވެގެން ދިޔަ އެމެރިކާގެ "ހާރޑް ރޮކް" ބޭންޑެކެވެ. 1987 ގައި މިބޭންޑުގެ ފުރަތަމަ އަލްބަމް "އެޕެޓައިޓް ފޯރ ޑިސްޓްރަކްޝަން" އާއި އެކު މުޅިދުނިޔޭގެ މަޝްހޫރު ކަން ހޯދިއެވެ. 1991ގައި ޖެހިޖެހިގެން ނެރުނު ދެ އަލްބަމް ކަމުގައިވާ "ޔޫޒް ޔުއަރ އިލިއުޝަން I" އަދި "ޔޫޒް ޔުއަރ އިލިއުޝަން II" އާއި އެއްވާމެއްގައި ދެމުން އައި ޝޯވ ތައް މި ބޭންޑް ހޯދި މަޝްހޫރުކަން އެއް ހަމައެއްގައި ހިފަހައްޓައި ދިނެވެ. ދުނިޔޭގެ ފެންވަރުގައި ގާތްގަނޑަކަށް 90މިލިއަނަށް ވުރެ ގިނަ އަލްބަމް ވިއްކާފައިވާ ގަންސް އެން ރޯސަސް އަކީ މިއަދު ގިން ބަޔަކު ގަބޫލުކުރާ ގޮތުގައި އެމެރިކާގެ އެންމެ ކާމިޔާބު "ހާރޑް ރޮކް" ބޭންޑު ތަކުގެ ތެރެއިން ގުނާލެވޭ މަޝްހޫރު ބޭންޑެކެވެ.

1980ގެ ގަދަފަދަ "ހެވީ މެޓަލް" އާއި "ހާރޑް ރޮކް" ދާއިރާގެ ތެރެއިން މުޅިން އާ ނަމަވެސް ފާހަނގަ ކޮށްލެވޭ އަހަރުތަކަކަށް ބޭންޑުގެ މިޔުޒިކީ ސްޓައލާއި، ސްޓޭޖް މަތިން ދައްކަމުން ދާ ހުނަރު ތަކާއި ދައްކަމުން ދާ މަންޒަރުތަކުގެ ސަބަބުން މިބޭންޑަށް ވަދެވުނެވެ. އެދުވަސްވަރުގެ މިޔުޒިކް ވިޔަފާރީގައްޔާއި، ވީޑިއޯ ޗާރޓްތަކުގައި އަދި ރޭޑިއޯ ސްޓޭޝަންތަކުގައި އެންމެ މަޝްހޫރުކަމާއި އެކު ހިނގަމުން އައީ ގްލެމް މެޓަލް ނަމަކަށް ކިޔާ މިޔުޒިކީ ބާވަތެކެވެ. އެހެންނަމަވެސް ގަންސް އެން ރޯސަސް އުފަންވުމާއެކު ދުނިޔެއަށް ސްލީޒް ރޮކް މަޝްހޫރުވެ އާއްމުންގެ ގިނަ ބަޔެއްގެ މަޤްބޫލުކަން ހޯދިއެވެ. 1987 ކުން 1993 ކަށް ބެލެވިފައިވަނީ ގަންސް އެން ރޯސަސް ގެ ރަން ދަޢުރު ކަމުގައެވެ. އާދެ! މިޔުޒިކީ ދުނިޔޭގެ އެންމެ މަތީ އުޑުގައި މި ބޭންޑް ފިޔަ ޖަހާލި އަހަރުތައް ކަމުގައެވެ. ނަމަވެސް ހިތާމައަކީ ބޭންޑުގެ މެމްބަރުންގެ ހިޔާލު ތަފާތުވުންތައް ގިނަވެގެން ދިއުމެވެ. އެކި އެކި މެމްބަރުން މަސްތުވާތަކެއްޗާއި ދިމާލަށް އެނބުރުމުގެ ސަބަބުން އެކުގައި މަސައްކަތް ކުރުމުގެ ރޫޙު ގެއްލިގެން ދިޔުމެވެ. ގަންސް އެން ރޯސަސް ފެށުނީއްސުރެ މިއަދާހަމަ ފައިތިލަ ސާބިތުކޮށްގެން ހުރެވުނު ހަމައެކަނި މެމްބަރަކީ ބޭންޑުންގެ މައި ލަވަ ކިޔުންތެރިޔާ އެކްސެލް ރޯސް އެވެ.