Jump to content

ގަނދަކޯޅި

ވިކިޕީޑިއާ އިންވިކިޕީޑިއާ

ގަނދަކޯޅި އަކީ ކުޅިތުޅާގަހާ ވައްތަރުގޮތަކަށް ހުންނަ ގަހެކެވެ. މިގަހުގެމާ ހުންނާނީ އެއްތަނޑެއްގައި ކުދިކުދި ފިޔަތަކެއް ފޮޅިފައެވެ. މީގެ ދެވައްތަރެއް ހުރެއެވެ. އެއީރަތް ގަނދަކޯޅިއާއި، ހުވަނދު ގަނދަކޯޅިއެވެ. މިއީ ވަރަށް ގަދަ ޒަވިވަހެއް ހުންނަ އެއްޗެކެވެ. މީގެ ފަތާއި އޮށް ބޭހަށް ބޭނުންކުރެއެވެ. އަދި ބައެއް ފަހަރު މީގެ ފަތް ކެއުމަށް ވެސް ބޭނުން ކުރެއެވެ.

ގަނދަކޯޅި ގަސް އާންމުކޮށް ހެދެނީ 60-30 ސެންޓި މީޓަރާއި ދެމެދުގެ އުސްމިނަށެވެ. ފަތުގެ ދިގުމިނުގައި 5-3 ސެންޓި މީޓަރުގެ ދިގުމިން ހުރެއެވެ. އަދި 3-1 ސެންޓި މީޓަރާއި ދެމެދުގެ ފުޅާމިން ހުރެއެވެ.