ލޯފުސްވާ ބަލި

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ލޯފުސްވާ ބަލި(އިނގިރޭސި ބަހުން: cataract) އަކީ ލޮލަށް ފުސްއަރައި ލޮލުގެ ފެނުމަށް ބަދަލު އަންނަ ބައްޔެކެވެ. މިބަލި ޖެހުމުން އަލި ފޮނުވާ މަގު ގައިވާ ލެންސް އަށް ފުސްއަރައި ލޮލުގެ ފެނުމަށް ބަދަލު އަންނަނީ އެވެ. ލޯފުސްވާ ބަލި ޖެހުމުން އެކި ދަރަޖައަށް ލޯފުސްވާކަން ފާހަގަ ކުރެވެއެވެ. މާނައަކީ ކުޑަ ތަންކޮޅެއް ފުސްވެފައި ހުރެދާނެއެވެ. އަދި ބައެއް ފަހަރު މުޅި ލެންސް އެއްކޮށް ފުސްވެފައި ވެސް ހުރެދާނެއެވެ. އާންމު ގޮތެއްގައި މުސްކުޅި ވުމުން ނުވަތަ އުމުރުން ދުވަސްވުމުން ވެސް ބައެއް މީހުންނަށް ލޯފުސްވާ ބަލީގެ އުދަގޫތައް ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ. މިބައްޔަށް ފުސްފަށަލަ، ފުސްފޭބުން، ފުސްއެރުން މިހެން ވެސް ކިޔައެވެ.