ލޮނު ލުބޯ

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ލޮނު ލުބޯ

ލޮނު ލުބޯ (ސައިންޓިފިކް ނަން: Chromis ternatensis)ނުވަތަ (އިނގިރޭސި ބަހުން: Ternate chromis) އަކީ އެމުގެ ބާވަތެކެވެ. މިއީ ރާއްޖޭގެ މަސްވެރިންގެ ތެރޭގައި މަޝްހޫރު މަހެކެވެ. މިއީ ދިރޭ އެން ހިފާއިރު އެމުގެ ބާވަތްތަކާއެކު، މަދުމަދުން ހިފޭ ބޭނުންތެރި ބާވަތެއް ކަމަށް ވެއެވެ. މިމަހަށް މިނަންދެވިފައިވަނީ މަހުގެ ކުލައަށް ބަލައިގެން ކަމަށް ވެދާނެއެވެ. ލޮނު ލުބޯ އާންމުކޮށް ގިނައިން ހިފިފައި ހުންނަނީ ނިލަމެހި ކަހަލަ މުރަކައާއި ދޯޅު، އެން ހިފުމުގެ ތެރޭގައެވެ. މިއީ އެންއޮޑީގައި އަވަހަށް މަރުވާ އެމުގެ ބާވަތެކެވެ. ދިރިތިބިނަމަ ކަނޑަށް ނިކުމެ އެންއުކާއިރު އުކާ ބާވަތެކެވެ.

ލޮނު ލުބޯ އެމުގެ ކުލައަކީ މުށިކުލައަކަށްދާ ރީނދޫ ކުލައެކެވެ. މަހުގެ އަރިމަތީ ގައްޔާއި ބަނޑުދޮށް ފަރާތުގައި ހުންނަ ކުލައަކީ މަޑު ރީނދޫ ކުލައެވެ. މަހުގެ ނިގޫފަތުގެ މެދުގެ ކުލައަކީ މަޑު ރީނދޫ ކުލައެވެ. އަދި ނިގޫފަތުގެ މަތީ ކައިރިއާއި، ތިރީ ކައިރީގައި ކުލައަކީ ގަދަމުށި ކުލައެވެ.