ލޮނުމެދު

ވިކިޕީޑިއާ އިންވިކިޕީޑިއާ
ލޮނުމެދު

ލޮނުމެދު(ސައިންޓިފިކް ނަން: Allium sativum)ނުވަތަ (އިނގިރޭސި ބަހުން: garlic)އަކީ ހަވާދުގެ ތެރޭގައި ހިމެނޭ ބާވަތެކެވެ. މިއީ ކުދި ފިޔަޔާއި ވައްތަރު ގޮތަކަށް ބޮނޑި ބޮނޑިއަށް އަޑިއަށް ފައިބާ ޒަވި ވަހަކާއި ރަހައެއް ހުންނަ އެއްޗެކެވެ. މީގެ ތޮށި ކުދިފިޔާގެ ތޮއްޓަށްވުރެ ބޮލެވެ. މި ހުންނަނީ ހުދުކުލައިގައެވެ. މިއީ ބޭހަށްވެސް ބޭނުންކުރާ އެއްޗެކެވެ. ދިވެހިންގެ ތަފާތު ކެއުމުގައި ލޮނުމެދު ބޭނުން ކުރެއެވެ. އާންމު ގޮތެއްގައި ބޭނުންކުރަނީ ހަވާދުގެ ބާވަތެއްގެ ގޮތުގައި ކާތަކެތީގެ ރަހަ ޖެއްސުމަށްޓަކައެވެ.

ލޮނުމެދު ގައި ހުންނަ ޒަވި ވަހަކީ ވަރަށް ވަސްގަދަ ޒަވި ވަހެކެވެ. އެހެންކަމުން ލޮނުމެދު ރޮލާ ބަތް ފަދަ އެއްޗަކާ އެކު ކައިފިނަމަ ވަރަށް ގިނަ އިރު ވަންދެން އޭގެ ވަސް އަނގައިގައި ހިފާފައި ހުންނަކަން ފާހަގަ ކުރެވެއެވެ. އަޑު ރަގަޅުކުރުމަށް ވެސް ބައެއް މީހުން ލޮނުމެދު ބޭނުންކުރާ ކަމަށް ވެއެވެ.