ލޭގައި ޕްރޯލެކްޓިން ގިނަވުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ލޭގައި ޕްރޯލެކްޓިން ގިނަވުން(އިނގިރޭސި ބަހުން: Hyperprolactinaemia) ގެ މާނަ އަކީ ލޭގައި ޕްރޯލެކްޓިން ހޯރމޯންގެ މިންވަރު އާދަޔާ ޚިލާފަށް ގިނަވެފައި ނުވަތަ މަތިވެފައި ހުރުމެވެ. ޕްރޯލެކްޓިން ނުވަތަ (އިނގިރޭސި ބަހުން: Prolactin)އަކީ ގާތުންދޭ ދުވަސްވަރު ދޫކުރާ ޕެޕްޓައިޑް ހޯރމޯން އެކެވެ. މިހޯރމޯން އެންޓީރިއޯ ޕިޓޫއިޓަރީ ގްލޭންޑް ގައި ހުންނަ ލެކްޓޯޓްރޯޕް(Lactotrope) ސެލްތަކުން އުފައްދައި ދޫކުރެއެވެ. މީގެ އިތުރުން އުރަމަތި އަދި މާބަނޑު ދުވަސްވަރު ރަހިމުގެ ފާރުން ވެސް މިހޯރމޯން އުފައްދައި ދޫކުރެއެވެ. ގާތުން ކިރުދިނުމުގެ ތެރޭގައި ކުޑަ ދަރިފުޅު މައިމީހާގެ އުރަމަތީގައި އަނގަޖަހައި ދަމާލުމުން، ޕްރޯލެކްޓިން އުފެއްދުމަށް ބާރުއަޅައެވެ. ނަތީޖާއެއްގެ ގޮތުން އުރަމައްޗަށް ކިރުއެރި، ފުރެއެވެ. އެއީ ޖެހިގެން އަންނަ ފަހަރު ގާތުންދޭން ވާއިރު ކިރު އުރަމަތީގައި ޖަމާވެފައި ބެހެއްޓުމަށްޓަކައެވެ.

ލޭގައި ޕްރޯލެކްޓިން ގިނަވުމަކީ އަންހެނުންގެ އުރަމަތިން ކިރުބޭރުކުރުން ހަލުވި ކޮށްދޭނެ ކަމެކެވެ. އަދި މައްސަރުކަންތައް ގަވާއިދުން ނުޖެހޭގޮތް ދިމާވާ ވެދާނެ ކަމެކެވެ. އަދި މިކަމުގެ ސަބަބުން ފިރިހެނުންގެ ނަސްލު އުފައްދާ ނިޒާމް ރަގަޅަށް މަސައްކަތް ނުކުރުން، ކޮޅުނުވުން، އަދި ދަރިންނުލިބުން ފަދަ ކަންތައްތައް ފިރިހެނުންނަށް މެދުވެރި ކުރުވައެވެ.

ތަބީޢީ މިންވަރު[އުނިއިތުރު ގެންނަވާ]

  • އަންހެނުން: ކޮންމެ ލިޓަރެއްގައި 580 މައިކްރޯ އިންޓަނޭޝަނަލް ޔުނިޓް
  • ފިރިހެނުން: ކޮންމެ ލިޓަރެއްގައި 450 މައިކްރޯ އިންޓަނޭޝަނަލް ޔުނިޓް