ލެފްޓިނަންޓް (ރިޓަޔަރޑް) ޢުމަރު މުޙައްމަދު (ކުޑަ ދޮންމަނިކު)
ވަނަވަރު
[އުނިއިތުރު ގެންނަވާ]ލެފްޓިނެންޓް ޢުމަރު މުޙައްމަދު (ސ. ނަންބަރ:56) އަކީ 1959 ވަނައަހަރު ޖުލައިި މަހުގެ 7 ވަނަ ދުވަހުން ފެށިގެން, މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް (އެމް.އެން.ޑީ.އެފް) ގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ވޭތުވެ މިދިޔަ 50 އަހަރާއި 24 ދުވަހުގެ ދިގު މުއްދަތުގައި، އެއްވެސް ފޫހިކަމެއްނެތި ނުގުޑާފަދަ ޢަޒުމެއްގައި ސާބިތުވެ ހުންނަވައިގެން ޚިދުމަތް ކުރުންމަތީ ދެމިހުންނެވި ބޭފުޅެކެވެ.
އަދާކުރެއްވި މަޤާމުތައް
[އުނިއިތުރު ގެންނަވާ]މި ދިގު މުއްދަތުގެ ތެރޭގައި އެމް.އެން.ޑީ.އެފް ގެ ލާންސްކޯޕްރަލްކަމާއި، ކޯޕްރަލްކަމާއި، ސަރޖަންޓްކަމާއި، ސްޓާފް ސަރޖަންޓްގެ މަޤާާމް ފުރުއްވާފައި ވެއެވެ. އަދިމީގެ އިތުރުން ސްޓާފް ސަރޖަންޓް ގެ މަޤާމްވެސް ފުރުއްވިއެވެ.
ޝަރަފުގެ ނިޝާން
[އުނިއިތުރު ގެންނަވާ]ލެފްޓިނެންޓް ޢުމަރު މުޙައްމަދު ސިފައިންގޭގައި އިޚްލާސްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ ސަބަބުން، ޝަރަފުގެ ނިޝާނުގެ ގޮތުގައި 6 ކުލައާ 5 މެޑަލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑަލްތަކުގެ ތެރޭގައި، ސިފައިންގެ ޚިދުމަތުގެ މެޑަލް، އިޚްލާޞްތެރި ޚިދުމަތުގެ މެޑަލް، ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑަލް، ސައްތައިގެ މެޑަލް، 3 ނޮވެމްބަރުގެ މެޑަލް ހާސިލް ކުރައްވާފައި ވާކަން ފާހަގަ ކުރަމެވެ. ޙާސިލްކުރެއްވި ކުލަތަކުގެ ތެރޭގައި އަޚްލާޤީ ކުލަ 3 ވަނަ ފަހަރަށް ޙަސިލްކުރުން ހިމެނެއެވެ. މީގެއިތުރުން ތަފާއެކިއެކި ކަންކަމާ ގުޅިގެން ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެއްވާ ލިޔުއްތައް ޙާސިލް ކުރައްވާފައި ވެއެވެ.
ޚާއްޞަ ޚިދުމަތްތައް
[އުނިއިތުރު ގެންނަވާ]ލެފްޓިނެންޓް ޢުމަރު މުޙައްމަދުގެ ޚާއްޞަ ޚިދުމަތް ތަކުގެ ތެރޭގައި ޑިއުތީސެކްޝަނުގެ އިތުރުން ދޫނިދޫ ޑިއުޓީ އެން.ސީ.އޯ ގެމަޤަމާއި ކޭޓަރިން ސަނވިސްގެ ބަނޑޭރިކަމައި، ސިފައިންގެ ބޭސްފަރުވާއާއި ބެހޭ ބައިގެ އެން.ސީ.އޯ ގެ މަޤާމް އަދާކުރެއްވިއެވެ. މެއިންޓަނަންސް ސެކްޝަންގައި އެކިފަހަރުމަތީން ޚިދުމަތް ކުރެއްވި އެވެ. ރިޓަޔަރ ކުރެވުނު އިރު ޚިދުމަތް ކުރައްވަމުން ގެންދެވީ އެމް.އެން.ޑީ.އެފް ސަޕްލައިޔުނިޓުގެ އޮފިސަރެއްގެ ގޮތުންނެވެ.
ލެފްޓިނެންޓް ޢުމަރު މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވި ބޮޑެތި މަސައްކަތް ތަކުގެ ތެރޭގައި ސިލްވަރ ކްރެސްޓާއި ގޯލްޑަންރޭގައި ދެފަހަރެއްގެ މަތީން ޕެޓްރޯލް ދަތުރު ގައި ގިނަދުވަސްތަކެއްވާދެން ކަނޑުމަތީގައި ޚިދުމަތް ކުރެއްވުމާއި، މާލޭފަޅުން ބިންހިއްކުމައްޓަކައި ވެލިހަދިޔާ ކުރުމުގެ މަސައްކަތުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި މީގެ އިތުރުން ފެލިވަރު ހުޅުވުމުގެ ގޮތުން އެރައް ތައްޔާރު ކުރުމައްޓަކައި ގިނަދުވަސްތަކެއް ވާދެން އެތަށުގައި މަސައްކަތް ކުރެއްވުމާއި ކ.މާފުއްޓާ ގުރައިދޫގައި އެމެރިކާމީހުންނާ ގުޅިގެން ސިފައިން ހެދި ދެޢިމާރާތެއްގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެ ލެއްވުމާއި ހުރާ މަސްވެރިންގެ ހިޔާ ހުޅުވުމުގެ ގޮތުން ކުރެވުމު މަސައްކަތުގައި ބައިވެރިވެ ވަޑައިގެންފައި ވެއެވެ. 3 ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާގެ ވަގުތުގައި ސިފައިންގެ މައިމަރުކަޒު ދިފާޢު ކުރުމުގައި ދުޝްމިނުންނާ ހަނގުރާމަ ކުރައްވާފައިވާކަން ފާހަގަ ކުރަމެވެ.
ލެފްޓިނެންޓް ޢުމަރު މުޙައްމަދަކީ، ސިފައިންގެ ތެރޭގައި މިދެންނެވި ޚިދުމަތްތަކުގައި ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު ޚިދުމަތް ކުރުންމަތީ ދެމި ހުންނެވި ލާމަސީލު ބޭފުޅެކެވެ. ޢުމަރު މުޙައްމަދުގެ މަތިވެރި ޚިދުމަތްތަކަކީ، މިއަދުގެ ދިވެހި ސިފައިންގެ ލަޝްކަރުގެ ފަހުލަވާނުންނާއި މާދަމާ ދިވެހި ސިފައިންގެ ލަޝްކަރުގެ ސަފުތަކާ ގުޅޭ ޒުވާން ދަރިންނަށް ދައްކުއިދެއްވި ރީތި މިސާލެއްކަމުގައި ދަންނަވަމެވެ.
ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވުން
[އުނިއިތުރު ގެންނަވާ]އިސްވެ ދެންނެވުނު އެންމެހައި ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން 01 އޯގަސްޓް 2009 ގައި ޝަރަފުވެރި ކަމާއެކު ލެފްޓިނެންޓް ޢުމަރު މުޙައްމަދު ރިޓަޔަރ ކުރެއްވުމުން ޢުމަރު މުޙައްމަދުުގެ ވަރުގަދަ ޢަޒުމާ ހިތްވަރަށް، އައްސަރިބަހާއި ސާބަސް ދަންވައި، މަތިވެރި ޚިދުމަތްތަކަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރާއި މުބާރިކުބާދީ އަދާކުރަމެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު - 2021
[އުނިއިތުރު ގެންނަވާ]މ. ގިނަވެލި، ލެފްޓިނަންޓް (ރިޓަޔަރޑް) ޢުމަރު މުޙައްމަދު (ސިއްކަ ކުޑަދޮންމަނިކު) އަކީ، 1959 ވަނަ އަހަރުގެ ޖުލައި މަހުގެ 7 ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު، 51 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމަށްފަހު، 2009 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 1 ވަނަ ދުވަހު، ދިވެހި ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފައިވާ ބޭފުޅެކެވެ. އެމް.އެން.ޑީ.އެފް.ގެ ޕްރައިވެޓް ކަމާއި، ލާންސްކޯޕްރަލް ކަމާއި، ކޯޕްރަލް ކަމާއި، ސާރޖަންޓް ކަމާއި، ސްޓާފް ސާރޖަންޓްކަމުގެ ރޭންކުގައި، ޢުމަރު މުޙައްމަދު ވަނީ ޚިދުމަތް ކުރައްވައިފައެވެ. ސިފައިންގެ ޚިދުމަތުގައި ހޭދަކުރެއްވި މި ދިގު މުއްދަތުގައި، ސިފައިންގެ ތަފާތު ދާއިރާތަކުގައި ޚިދުމަތް ކުރައްވައިފައިވެއެވެ.
ލެފްޓިނަންޓް (ރިޓަޔަރޑް) ޢުމަރު މުޙައްމަދު، އެ މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ޚާއްޞަ ޚިދުމަތްތަކުގެ ތެރޭގައި، ސިލްވަރ ކްރެސްޓްގައި، ޅ. އަތޮޅު ބޭރު ކަނޑު ޕެޓްރޯލް ކުރެއްވުމުގައްޔާއި، ގޯލްޑަން ރޭގައި، ހއ. އަތޮޅު ބޭރު ކަނޑު ޕެޓްރޯލް ކުރެއްވުމުގައި ޙަރަކާތްތެރިވެވަޑައިގަތުން ހިމެނެއެވެ. އަދި 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލައިގައި، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ކުރެއްވި ހިތްވަރުގަދަ މަސައްކަތްޕުޅާއި، 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި، ދިވެހި ސިފައިން އިސްނަގައިގެން ކުރި އެންމެހައި މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި އެމެރިކާ ސިފައިންގެ 12 މީހުންގެ ޓީމަކާއި، ދިވެހި ސިފައިންގެ 12 މީހުންގެ ޓީމަކުން މަސައްކަތް ކޮށްގެން ކ.ގުރައިދޫގައި އިމާރާތެއް ކުރުމަށްޓަކައި ރެޔާއި ދުވާލު ވަރަށް ބުރަކޮށް މަސައްކަތްކޮށް، 4 ހަފްތާގެ ތެރޭގައި މަސައްކަތް ފުރިހަމައަށް ނިންމައިލިއިރު އެކަން ހިންގެވުމުގެ އިސް ބޭފުޅަކަށް ހުންނެވީ ޢުމަރު މުޙައްމަދެވެ.
ލެފްޓިނަންޓް (ރިޓަޔަރޑް) ޢުމަރު މުޙައްމަދު، ސިފައިންގެ މެޑިކަލް ސަރވިސްގައި މަސައްކަތް ކުރެއްވިއިރު، ޙަވާލުކުރެއްވި ކޮންމެ މަސައްކަތެއްވެސް ފަސްޖެހުމެއްނެތި، ފަރުވާތެރިކަމާއެކު ކުރެއްވިއެވެ. އަދި ވަރަށް އިތުބާރު ކުރެއްވޭ ބޭފުޅެއްގެ ގޮތުގައިވެސް ވަނީ ފާހަގަކުރެވިފައެވެ.
ސިފައިންގޭގައި އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ ސަބަބުން ލިބިވަޑައިގެންނެވި ޝަރަފުގެ މެޑެއްޔާއި ކުލަތަކުގެ ތެރޭގައި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެއްޔާއި، އިޚްލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، ސިފައިންގެ ޚިދުމަތުގެ މެޑެއްޔާއި، 3 ނޮވެންބަރުގެ މެޑެއްޔާއި، ސައްތައިގެ މެޑެލް ހިމެނެއެވެ. ލިބިވަޑައިގެންނެވި ޝަރަފުގެ ކުލަތަކުގެ ތެރޭގައި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލައާއި، އިޚްލާޞްތެރި ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލަ ހިމެނެއެވެ. އަދި އަޚްލާޤީ ކުލަ، ތިންފަހަރަށް ހޯއްދަވައިފައިވެއެވެ.