ލެފްޓިނަންޓް ކާނަލް ރިޓަޔަރޑް ޙަސަން ޔޫސުފް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ވަނަވަރު[އުނިއިތުރު ގެންނަވާ]

ލެފްޓިނެންޓް ކާނަލް ޙަސަން ޔޫސުފުު (ސ. ނަންބަރ:463) އަކީ 1968 ވަނައަހަރު ޖުލައި މަހުގެ 3 ވަނަ ދުވަހުން ފެށިގެން, މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް (އެމް.އެން.ޑީ.އެފް) ގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ވޭތުވެ މިދިޔަ 41 އަހަރާ 28 ދުވަހުގެ ދިގު މުއްދަތުގައި، އެއްވެސް ފޫހިކަމެއްނެތި ނުގުޑާފަދަ ޢަޒުމެއްގައި ސާބިތުވެ ހުންނަވައިގެން ޚިދުމަތް ކުރުންމަތީ ދެމިހުންނެވި ބޭފުޅެކެވެ.

އަދާކުރެއްވި މަޤާމުތައް[އުނިއިތުރު ގެންނަވާ]

މި ދިގު މުއްދަތުގެ ތެރޭގައި އެމް.އެން.ޑީ.އެފް ގެ ލާންސްކޯޕްރަލްކަމާއި، ކޯޕްރަލްކަމާއި، ސަރޖަންޓްކަމާއި، ސްޓާފް ސަރޖަންޓްގެ މަޤާާމާއި ވޮރަންޓް އޮފިސަރ ގްރޭޑް 2 ގެ މަޤާމާއި ވޮރަންޓް އޮފިސަރ ގްރޭޑް 1 ގެމަޤާ ފުރުއްވިއެވެ. އަދި ލެފްޓިނެންޓް، ފަސްޓްލެފްޓިނެންޓް،ކެޓަން ގެމަޤާމުގެ އިތުރުން މޭޖަރ ކަމުގެ މަޤާމްވެސް ފުރުއްވިއެވެ.

ޝަރަފުގެ ނިޝާން[އުނިއިތުރު ގެންނަވާ]

ލެފްޓިނެންޓް ކާނަލް ޙަސަން ޔޫސުފުު ސިފައިންގޭގައި އިޚްލާސްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ ސަބަބުން ޝަރަފުގެނިޝާނުގެ ގޮތުގައި 8 ކުލައާ 7 މެޑަލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑަލްތަކުގެ ތެރޭގައި، އަޚްލާޤީމެޑަލް، ސިފައިންގެ ޚިދުމަތުގެ މެޑަލް، އިޚްލާޞްތެރި ޚިދުމަތުގެ މެޑަލް، ރައީސުލްޖުމްހޫރިއްޔާގެ މެޑަލް، ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑަލް، މަތިވެރި ޚިދުމަތުގެ މެޑަލް،ޙާއްޞަ ޚިދުމަތުގެ މެޑަލް، ސައްތައިގެ މެޑަލް، ހާސިލްކުރައްވާފައވެއެވެ. ޙާސިލްކުރެއްވި ކުލަތަކުގެ ތެރޭގައި ހުނަރުވެރިކަމުގެ ކުލަ ހިމެނެއެވެ. މީގެއިތުރުން ތަފާއެކިއެކި ކަންކަމާގުޅިގެން ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވާ ލިޔުއްތައް ޙާސިލްކުރައްވާފައިވާކަން ފާހަގަ ކުރަމެވެ.

ޚާއްޞަ ޚިދުމަތްތައް[އުނިއިތުރު ގެންނަވާ]

ލެފްޓިނެންޓް ކާނަލް ޙަސަން ޔޫސުފުުގެ ޚާއްޞަ ޚިދުމަތް ތަކުގެ ތެރޭގައި ފުލުސްއޮފީހުގެ މާރާމާރީ އާއިބެހޭ ބައިގެ އެހީތެރިކަމާއި ސިފައިންގެ ބޭސްފަރުވާއާ ބެހޭބައިގެ އިންޗާޖް ކަން ކުރައްވާފައިވެއެވެ. މީގެ އިތުރުން ބޭންޑްމީހުން ޔުނިޓްތަކުން ދޫކޮށްގެން ބޭންޑް ކުޅުމުގެ ދުވަސް މާޒީވެދިޔައީ، މޭޖަރ ޙަސަން ޔޫސުފުގެ ހިންމަތާ މިނަނަތުން ބޭންޑް ސެކްޝަނެއް އުފެދި، އެސެކްޝަނުން މީހުން އުފެއްދުމުގެ މަސައްކަރް ފެށުނު ހިސާބުންނެވެ. އެގޮތުން ޙަސަން ޔޫސުފްގެ ބޭންޑް މާސްޓަރކަމުގެ ދަށުން، ސިފައިންގޭގައި އެޚިދުމަތް އުވިނުދާނޭ މިނަވަރަށް އެތައް ފަންނާނުންނެއް މިއަދުވަނީ އުފެދިފައިކަން ފާހަގަ ކުރެވެއެވެ.

ބޮޑެތި މަސައްކަތްތައް[އުނިއިތުރު ގެންނަވާ]

ލެފްޓިނެންޓް ކާނަލް ޙަސަން ޔޫސުފުު ބައިވެރިވެ ވަޑައިގެންނެވި ބޮޑެތި މަސައްކަތް ތަކުގެ ތެރޭގައި 3 ނޮވެމްބަރުގެ ރިޕޯރޓް އެކުލަވާލާ ކޮމެޓީގައި އިސް އެން.ސީ.އޯ އެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައި ވެއެވެ. އަދި އަމީނިއްޔާސްކޫލުގެ ބޭންޑްމާސްޓަރުގެ ގޮތުން ޚިދުމަތް ކުރެއްވުމާއި، މަދްޔަޕްރަދޭޝްގެ ގަވަރނަރ މާލެވަޑައިގަތުމުން އެމަނިކުފާނުގެ ޝަރަފުގައި ބޭއްވުނު ކޮންސެޓްގެ ކޮމާންޑަރކަން ކުރެއްވުމާއި، ލެފްޓިނެންޓް ޖެނެރަލް އެމް.އޭ ޒަކީ މިލިޓްރީ ޓްރެއިނިންގ ސެންޓަރަށް ވަޑައިގަތުމުން ބޭވުނު ކޮންސެޓްގެ ކޮމާންޑަރކަން ކުރެއްވުމުގެ އިތުރުން ޕޮޓެންޝިއަލް ބޭންޑް މާސްޓަރ ކަމުގެ ސެޓްފިކެޓް ޙަސިލްކުރުން ހިމެނެއެވެ. މީގެ އިތުރުން ސިފައިންގެ ލަވައިގެ ރާގު ހެއްދެވުމަކީ ޙަސަންޔޫސު ސިފައިންގެއަށް ކޮށްދެއްވި ވަރަށް މަތިވެރި ޚިދުމަތެކެވެ.

ލެފްޓިނެންޓް ކާނަލް ޙަސަން ޔޫސުފަކީ، ސިފައިންގެ ތެރޭގައި މިދެންނެވި ޚިދުމަތްތަކުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ޚިދުމަތްކުރުންމަތީ ދެމިހުންނެވި ލާމަސީލު ބޭފުޅެކެވެ. ޙަސަން ޔޫސުފުުގެ މަތިވެރި ޚިދުމަތްތަކަކީ، މިއަދުގެ ދިވެހި ސިފައިންގެ ލަޝްކަރުގެ ފަހުލަވާނުންނާއި މާދަމާ ދިވެހި ސިފައިންގެ ލަޝްކަރުގެ ސަފުތަކާ ގުޅޭ ޒުވާން ދަރިންނަށް ދައްކުއިދެއްވި ރީތި މިސާލެއްކަމުގައި ދަންނަވަމެވެ.

ރިޓަޔަރ ކުރެއްވުން[އުނިއިތުރު ގެންނަވާ]

އިސްވެ ދެންނެވުނު އެންމެހައި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން 01 އޯގަސްޓް 2009 ގައި ޝަރަފުވެރި ކަމާއެކު ލެފްޓިނެންޓް ކާނަލް ޙަސަން ޔޫސުފުު ރިޓަޔަރ ކުރެއްވުމުން ޙަސަންޔޫސުފުގެ ވަރުގަދަ ޢަޒުމާ ހިތްވަރަށް، އައްސަރިބަހާއި ސާބަސް ދަންވައި، މަތިވެރި ޚިދުމަތްތަކަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރާއި މުބާރިކުބާދީ އަދާކުރަމެވެ.