ލެކްސް ލޫތަރ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ފުންމަވާ: ސަމުގާ, ހޯއްދަވާ
ލެކްސް ލޫތަރ

Bright luthor.png
Lex Luthor, from Superman Birthright #5.
Art by Leinil Francis Yu.

އުފައްދާފައި ވަނީ DC Comics
ފުރަތަމަ ފެނިލުން Historical:
Action Comics #23 (May, 1940)
Modern:
The Man of Steel #4 (1986)
Created by Jerry Siegel
Joe Shuster
Characteristics
Alter ego Alexander Joseph "Lex" Luthor
Affiliations LexCorp
Injustice Gang
Injustice League
Executive branch of the United States government
Secret Six
Notable aliases Mockingbird
Abilities (None inherent)
Genius level intellect
Superb machiavellian,
Access to advanced technology,
Vast wealth and resources,
Average hand-to-hand combatant

ލެކްސް ލޫތަރ އަކީ ޑި.ސީ ކޮމިކްސް ގެ ފަރާތުން އުފައްދާފައިވާ ޚިޔާލީ ޝަހްސިއްޔަތެކެވެ. މީނާ އަކީ ސުޕަރމޭންގައި ނުބައިބައި ރޯލް އަދާ ކުރާ މީހާ އެވެ. ޖެރީ ސީގަލް އާއި ޖޯ ޝަސްޓަރ އުފައްދާފައިވާ މި ޚިޔާލީ ޝަހްސިއްޔަތު ދުނިޔޭގެ ތެރެއަށް ފާޅުވެގެން އައީ އެކްޝަން ކޮމިކްސްގެ 32 އަދަދުންނެވެ. އެއީ 1940 ގައެވެ. ލެކްސް ލޫތާރ އަކީ ސުޕަރމޭންގައި އުޅޭ ޝަހްސިއްޔަތު ތަކުގެ ތެރެއިން ނަން ދެ ލާމުން ފެށޭ ޝަހްސިއްޔަތު ތަކުގެ ތެރެއިން އެއް ޝަހްސިއްޔަތެކެވެ. މީގެ ތެރޭގައި ލޮއިސް ލޭން، ލާނާ ލޭންގ އަދި ލޮރީ ލެމެރިސް ހިމެނެއެވެ. ސުޕަރމޭން އުޅޭ ކޮންމެ ކާރޓޫނެއް،ފިލްމެއް ނުވަތަ ވާހަކައެއްގައި ވިޔަސް ލޫތަރ އުޅޭ ކަން ފާހަނގަ ކުރެވެއެވެ. ލެކްސްގެ އެންމެ ފުރަތަމަ ފެނިލުމުން މީނާ ފެނުނު އިރު މީނާގެ ބޮލުގައި ފަޅާފައި ހުރީ ރަތް ކުލައިގެ އިސްތަށްޓެވެ. ނަމަވެސް 1941ގައި ލެކްސް ފެނުނު އިރު މީނާގެ ހުރީ ތަލަ ބޮލެކެވެ. މީގެ އަސްލު ސަބަބެއްކަމުގައި ވަނީ ލެކްސް ލޫތަރ ކުރެހި ކުރެހުންތެރިޔާ މީނާ ކުރެހި އިރު އޮޅިގެން އޭނާގެ އިސްތަށިގަނޑު ނުކެރެހި ހުރުމެވެ. ޝަސްޓަރ އަށް މިކަން ކަމުގޮސް ލެކްސް ލޫތާރގެ އާ ސިފައާއި މެދު ވަރަށް ހިތްހަމަ ޖެހުމެވެ. އެހެން ކަމުން އޭނާ ޚިޔާރު ކުރީ އޭގެ ފަހުން ލެކްސް ލޫތާރގެ ސިފަ މިގޮތަށް ބަދަލު ކުރުމެވެ. އަދި އިސާހިތަކު ލެކްސް ލޫތާރގެ އަމިއްލަ ވަންތަ ސްޓައިލެއްގެ ގޮތުގައި އެކަން ބެލެވެން ފެށިއެވެ.


އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]