ލައް ކަޅުއޮށް

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

ލައް ކަޅުއޮށް އަކީ ރާއްޖޭގައި އުޅޭ ތަފާތު ކަޅުއޮށުގެ ތެރޭގައި ވަރަށް ގިނައިން ފެންނަ ބާވަތެކެވެ. މިމަސް އާންމުކޮށް އުޅެނީ ރަށްރަށުގެ ތިލަފަޅުފަޅާއި ފުންވިލުތަކުގައެވެ. މިއީ ދޮންފަސް ހުންނަ ހިސާބުތަކުގައި އުޅުމަށް ލޯބިކުރާ މަހެކެވެ. އަދި ކާނާ ހޯދުމަށް ފަސްގަނޑުގެ ތެރެއަށް ތުންބާނައިގެން ކުދި ފަނި ފާނޑުގެ އެއްޗެހި ހޯދައިގެން ކައިއުޅެއެވެ. މިއީ ރާއްޖޭގައި އެންގަނޑު ވަޅުލައިގެން ކުރާ މަސްވެރިކަމުގައި ވަރަށްގިނައިން ބޭނޭ މަހެކެވެ. މިއީ ހިމަދިގުކޮށް ހުންނަ ދިވެހިން ކެއުމަށް ބޭނުންކުރާ މީރު މަހެކެވެ. ފަޅުފަޅުގައި ދާއަޅައިގެން ވެސް ވަރަށް ގިނައިން ހިފާއުޅެއެވެ. މިމަސް އެންމެ ބޮޑުވަނީ 30 ސމ އަށެވެ.

މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 8 ހަރުކަށި ހުރެއެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރުކައްޓާއެކު 8 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 1 ހަރުކައްޓާއެކު، 6 މަޑުކަށި ހުރެއެވެ.ހުރެއެވެ. މަހުގެ ތުނބުގައި ދިގުކޮށް ހުންނަ ދެނަރުވާ ހުރެއެވެ. މަހުގެ މަތީ ކޮތަރިބައިގެ ފުރަތަމަ ކަށި އެހެނިހެން ކަށިތަކަށްވުރެ ކުރުވާނެއެވެ. ނިގޫފަތް ހުންނަނީ ވަރަށް ބޮޑަށް ކަފިކޮށެވެ. މަހުގެ ކުލައަކީ އޮރެންޖް ކުލައަކަށްދާ ރީނދޫ ކުލައެކެވެ. މަހުގެ މަތީ ކޮތަރިބައި ނިމޭ ހިސާބުން މަހުގެ އަރިމަތީގައި ކަޅުކުލައިގެ ލަފެއް ހުރެއެވެ. މަހުގެ މަތީ ދެވަނަ ކޮތަރިބައިގެ ފަހަތުގެ މަޑުކަށިތަކުގެ ބުޑުދޮަށް ހުންނަނީ ކަޅުކުލައެއްގައެވެ. މަހުގެ ކޮތަރިތަކާއި ނިގޫފަތުގެ ކުލައަކީ ރީނދޫ ކުލައެކެވެ.