Jump to content

ލައްޖެހި ކޮލި

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން


ލައްޖެހި ކޮލި

ލައްޖެހި ކޮލި (ސައިންޓިފިކް ނަން: Arothron hispidus) އަކީ ކޮލީގެ ވައްތަރެކެވެ. މިއީ ރާއްޖޭގެ ތިލަފަޅުތަކުގައި އުޅޭ ކޮއްޔެކެވެ. މިބާވަތުގެ ކޮލި ގިނައިން އުޅެނީ ބޮޑަށް ނިވާވާ ހިމާޔަތްކަން ބޮޑު ހިސާބު ތަކުގައެވެ. މިބާވަތުގެ ކުދި ކޮލި މޫދު ހުއި ހެދިފައި ހުންނަ ހިސާބު ތަކުގައި ގިނައިން އުޅެއެވެ. މިބާވަތުގެ ކޮލި އެންމެ ބޮޑުވަނީ 48 ސމ އަށެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއް ނޫނެވެ. ކޮލީގެ އެހެން ބާވަތްތަކެކޭ އެއްފަދައިން މިކޮލީގައި އިންސާނުންނަށް ނުރައްކާތެރި ވިހައެއް އެކުލެވެއެވެ. މިއީ އެއްގޮތަކަށް ވެސް ކައިގެންވާނޭ މަހެއް ނޫނެވެ.

ލައްޖެހި ކޮލީގެ ބުރަކަށި މަތީ ކޮތަރިބައިގައި 10 ނުވަތަ 11 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 10 ނުވަތަ 11 މަޑުކަށި ހުރެއެވެ. މަހުގެ ބޮލުގަޔާއި، ހަށިގަނޑުގައި ކުދިކުދި ކަށިތަކެއް ހުރެއެވެ. މަހުގެ ނިގޫފަތުގެ ކޮޅު ހުންނަނީ ވަށްކޮށެވެ. މަހުގެ ބޮލުގަޔާއި، މަތީބައިގައި ހުދުކުލައިގެ ލައްތަކެއް ހުރެއެވެ. މިމަހަށް ލައްޖެހި ކޮލި ކިޔަނީ މިދެންނެވި ސިފަޔަށް ވިސްނާފައެވެ. މިބާވަތުގެ ކޮލި ކާނާގެ ގޮތުގައި ތަފާތު ގިނަ ބާވަތްތަކުގެ ދިރުންތައް ބޭނުންކުރެއެވެ. އޭގެ ތެރޭގައި ބޮލީގެ ބާވަތްތަކާއި، މާގަނޑާއި، ކަކުންޏާއި، ފަނީގެ ބާވަތްތަކާއި، ކަށިބޯ އަދި މިނޫނަސް ހިޔަލަ އާއި، ފަސްއިގިލީގެ ބާވަތްތައް ހިމެނެއެވެ.

އިތުރު ފޮޓޯތައް

[އުނިއިތުރު ގެންނަވާ]