ލަނޑާ ފާނަ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ލަނޑާ ފާނަ

ލަނޑާ ފާނަ(ސައިންޓިފިކް ނަން: Cephalopholis sexmaculata)ނުވަތަ (އިނގިރޭސި ބަހުން: Sixblotch hind) އަކީ ދުވާލު ފައްތައިގެން ކުރާ ފަރުމަހުގެ ކެޔޮޅު ކަމުގައި ވަރަށް ގިނައިން ބޭނޭ ފާނަ އެކެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ މަހެކެވެ. މިމަސް ދިރިއުޅެނީ 20 މީޓަރާއި 72 މީޓަރާއި ދެމެދުގެ ފުންމިނުގައެވެ. ކަނޑުގެ އަޑީގައި ހުންނަ ހޮހަޅަތަކުގެ އަޑީގައި ގިނައިން އުޅޭ މަހެކެވެ. މަހުގެ ކަރުތާފަތްގަނޑުގެ ކުރީބައި ހުންނަނީ ވަށްކޮށެވެ.

މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި ހަރުކޮށް ހުންނަ 9ކައްޓާއި، 14 އާއި 16 އާއި ދެމެދުގެ އަދަަދަކަށް މަޑު ކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ހަރުކޮށް ހުންނަ 3 ކައްޓާއި މަޑުކަށީގެ 9 ކަށި ހުރެއެވެ.މަހުގެ ކަންފަތުގައި 16 އާއި 18 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ.

މަހުގެ ކުލައަކީ ރަތް ނާރިނގު ކުލައެވެ. މަހުގައި ނޫކުލައިގެ ކުދިކުދި ތިކިތަކެއް ޖަހާފައި ހުރެއެވެ. މަހުގެ ބުރަކަށި މަތިން ދެފަރާތުގައި ކަޅުކުލައިގެ 4 ލައްގަނޑު ވަރަށް ފާޅުކޮށް ފެންނަން ހުރެއެވެ. މަހުގެ ނިގޫފަތުގެ ބުޑުދަށުގައި ވެސް ކަޅުކުލައިގެ ދެ ލައްގަނޑު ހުރެއެވެ.