ތެޔޮފުޅިމަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ތެޔޮފުޅި މަސް

ތެޔޮފުޅި މަސް(ސައިންޓިފިކް ނަން: Labroides dimidiatus)ނުވަތަ (އިނގިރޭސި ބަހުން: Bluestreak cleaner wrasse) އަކީ ރާއްޖޭގެ ފަރުފަޅުގެ ބޭރުގައި ގިނައިން އުޅޭ މަހެކެވެ. މިއީ ވަރަށް ހަރަކާތްތެރި އެހެނިހެން ގިނަ މަސްމަހާއި ޚިލާފަށް އޭގެ އުޅުން ގެންގުޅޭ މަހެކެވެ. މިމަސް އާންމު ގޮތެއްގައި ކައިއުޅެނީ އެހެނިހެން މަސްމަހުގެ ހަށިގަނޑުގެ ބޭރުކައިރީގައި ދިރިއުޅޭ ކުދިކުދި ސޫތްޕާއި، ބޮޑެތި މަސްމަހުގެ ހަށިގަނޑުގެ ބޭރުގައި ޖަހާފައި ހުންނަ ލޮނދި ފަށުގައި ހިފާފައި ހުންނަ އެއްޗިއްސެވެ. މިގޮތުން ބައެއް މަސް ތެޔޮފުޅި މަހުގެ މިއާދަ ބޭނުންކޮށްގެން މިފަދަ ސޫފިތައް އޭގެ ހަށިގަނޑުން ވަކިކުރުމަށް އޭގެ އަނގަޔާއި ކަރުތާފަތްގަނޑު ހުޅުވާ ހަދައެވެ.

މަހުގެ މަތީބައިގެ ކުލއަކީ ނޫކުލައެވެ. ބަނޑުދަށް ފަރާތުގެ ކުލައަކީ ހުދުކުލައެވެ. މަހުގެ އަނގައިން ފެށިގެން ލޯހުރަސްކޮށް ނަގޫފަތުގެ ކޮޅަށް ކަޅުފަލަ ރޮނގެއް ހުރެއެވެ. މަހުގެ މަތީ ބަޔާއި ބަނޑުދަށް ފަރާތު ކޮތަރިބައިގެ ތިރި ހުންނަނީ ކަޅުކުލައިގައެވެ.