ތެލަ

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ތެލަ

ތެލަ(ސައިންޓިފިކް ނަން: Acrostichum aureum)ނުވަތަ (އިނގިރޭސި ބަހުން: Mangrove Fern)އަކީ ކަނޑުލުގެ ތެރޭގައި ހެދޭ ކަނޑުލާ ވައްތަރު ގަހެކެވެ. ތެލައިގެ ދެވައްތަރެއް ހުރެއެވެ. ތެލަ ގަހުގެ ފަތްތައް ޅަކޮށް ހުންނަ އިރު ހުންނަނީ ރަތް ކުލައިގައެވެ. ފުރިހަމަވުމުން ފެހިކުލައަށް ބަދަލުވެ ދެއެވެ. ތެލަ ގަހުގެ ޅަކުރިތައް ސަލަޑް ފަދަ ތަކެތި ހެދުމަށް ބައެއް ގައުމުތަކުގައި ބޭނުން ކުރެއެވެ. އަދި ފެހިކުލައިގައި ހުންނަ ބޮޑެތި ފަތްތައް ޖަނަވާރު ފަދަ ތަކެތީގެ ކާނާގެ ގޮތުގައި ބޭނުން ކުރެއެވެ. މީގެ އިތުރުން ބޮޑެތި ފަން ގޮތަށް ހުންނަ ބައިތައް ހިއްކައިގެން ތަންތަން ހިޔާކުރަން ( ދިވެހިން ރުކުގެ ފަން ބޭނުންކުރާ އުސޫލުން ) ބޭނުންކުރެއެވެ.

ހަކީމީ ބޭސްވެރިކަމުގައި ތެލަގަހުގެ ފަތް ލޭއަންނަ ތަންތަނުން ލޭމަނާކުރުމަށް ބޭނުން ކުރެއެވެ. އަދި ފާރުގަނޑާއި މުލިހި ފަދަ ތަކެއްޗަށް ފަރުވާ ކުރުމަށް ވެސް ތެލަ ބޭނުން ކުރެއެވެ.