ތޫތު
Jump to navigation
Jump to search
ތޫތު(އިނގިރޭސި ބަހުން: Morus alba)ނުވަތަ (އިނގިރޭސި ބަހުން: White Mulberry)އަކީ ތޫތު ގަހުގައި އަޅާމޭވާ އެވެ.ތޫތު ގަހަކީ ތުނޑުލީ ފަތްތަކެއް ހުންނަ ވާކޮށް ހެދޭގަހެކެވެ. މިގަހުގައި އަޅާނީ ހިމަދިގުކޮށް ހުންނަ އިންޗިއެއް ނުވަތަ ދޮޅުއިންޗީގެ ބޮޑުމިނުގެ ހުތްފޮނިރަހަލާ މޭވާއެކެވެ. މިދޮންވީމާ ހުންނާނީ ކަޅުރަތް ކުލައިގައެވެ. ދޮންނުވާއިރު ފެހި ނުވަތަ ހުދުކުލައިގައި ތޫތު ހުރެއެވެ. ތޫތު ގަސް އާންމުކޮށް ހެދެނީ 20-10 މީޓަރާއި ދެމެދުގެ އުސްމިނަކަށެވެ.
ސީނީ ބޭސްވެރިކަމުގައި ހަކުރު ބަލި އަދި ބަނޑުހިކުން ފަދަ ބަލިތަކަށް ފަރުވާއެއްގެ ގޮތުގައި ތޫތު ބޭނުން ކުރެއެވެ.