ތުރުތުރުއަޅާ ބަލި

ވިކިޕީޑިއާ އިންވިކިޕީޑިއާ

ތުރުތުރުއަޅާ ބަލި (އިނގިރޭސި ބަހުން: Parkinson's Disease)އަކީ ނާރުތަކުގެ ނިޒާމް އަށް އަންނަ ބަދަލުތަކެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. ތުރުތުރުއަޅާ ބަލީގެ އުދަގޫތައް އިތުރުވެ ކުރިއަރަމުން އަންނާނީ މަޑުމަޑުންނެވެ. އެންމެ ފުރަތަމަ ދެއަތުގެ އިގިލިތަކުގައި ތުރުތުރުއެޅުން އުފެދޭގޮތް ވެއެވެ. އަދި ހަރަކާތްތައް ލަސްވެ، ހަރަކާތްތައް ފުރިހަމަކުރުމަށް އުދަގޫ ވެއެވެ.

ތުރުތުރުއަޅާ ބަލި ހުންނަ މީހުން ހިނގާއިރު އަތް ނުތަޅުވާކަން ފާހަގަ ކުރެވޭނެއެވެ. ވާހަކަ ދައްކާއިރު އަޑުމަޑުވެ، ލަސްގޮތެއް ހުންނާނެއެވެ. ތުރުތުރުއަޅާ ބަލީގެ އުދަގޫތައް އެބަލީގައި ދުވަސްވާވަރަކަށް މަޑުމަޑުން އިތުރުވެ، އެބަލީގެ ޙާލަތު ގޯސްވެގެންދާގޮތް ވެއެވެ.

== kanker

  • ތުރުތުރުއެޅުން : މިގޮތުން ބަލިޖެހިފައިވާ މީހުންގެ އަތުގެ އިގިލިތަކާއި އަތްތިލައިގައި ތުރުތުރުއެޅުން ހުންނަކަން ފާހަގަ ކުރެވޭނެއެވެ. ނަތީޖާއެއްގެ ގޮތުން ސަލާމްކުރުން ފަދަ ހަރަކާތްތައް ފުރިހަމަ ކުރުމުގައި އުދަގުލާއި ކުރިމަތިލާން ޖެހެއެވެ.
  • ހަރަކާތް ލަސްވުން : ބަލިޖެހިފައިވާ މީހުންނަށް ތަފާތު ކުދިކުދި ކަންތައްތައް ކުރުމުގައި އުދަގުލާއި ކުރިމަތިލާން ޖެހެއެވެ. އެގޮތުން ހިނގާއިރު ކުރުކުރު ފިޔަވަޅު އަޅައިގެން ހިގަން ޖެހުން، އަދި ހިގައިގަތުން ފެށުމަށް އުދަގޫވުން ފަދަ ކަންތައްތައް ކުރިމަތިވެއެވެ.
  • މަސްތައް ހަރުއެރުން: އަތްފައި އަދި ކަރުގެ މަސްތައް ހަރުއެރުމަކީ ވެދާނެ ގޮތެކެވެ. ނަތީޖާއެއްގެ ގޮތުން ބައެއް ފަހަރު އަތްފައި ހަރަކާތް ކުރުމަށް އުދަގޫވެ، ތަދު އިހްސާސް ކުރެވެއެވެ.
  • ކޮޅަށް ހުންނައިރު ހަމަހިފަހައްޓަން އުދަގޫވުން: ބަލިޖެހިފައި ތިބޭމީހުންނަށް ކޮޅަށް ހުންނައިރު ހަމަހިފަހައްޓަން އުދަގޫވުމަކީ ކުރިމަތިވެދާނެ ކަމެކެވެ. މާނައަކީ ކޮޅަށް ހުންނައިރު ވަރަށް ފަސޭހައިން އަރިއަޅާލާގޮތްވެއެވެ.
  • އުޓޮމެޓިކް ހަރަކާތްތައް ހުއްޓުމަކަށް އައުން: މިބަލި ޖެހުމުން އަހަރެމެންގެ މާބޮޑު ބާރަކާ ނުލާ ނުވަތަ އެނގުމަކާ ނުލާ އުޓޮމެޓިކުން ކުރެވޭ ހަރަކާތްތައް ހުއްޓުމަކަށް އާދެއެވެ. މިސާލަކަށް ހިނިތުންވުން، އެސްފިޔަ ޖެހުން، ހިނގާއިރު އަތްހެލުވުން ފަދަ ހަރަކާތްތައް ކުރެވޭލެން ކުޑަވެ، ނުވަތަ އެއްގޮތަކަށް ވެސް ނުކުރެވޭ ގޮތް ވެއެވެ. ބައެއް މީހުން އެސްފިޔަ ޖެހުމެއްނެތި ދެލޯ ބޮޑުކޮށްގެން ބަލަން ހުރެފާނެއެވެ.
  • ވާހަކަ ދެއްކުމަށް ބަދަލުއައުން: ވަރަށް ގިނަ މީހުންނަށް ވާހަކަ ދެއްކުމުގައި އުދަގޫތަކާއި ކުރިމަތިލާން ޖެހެއެވެ. އެގޮތުން އަޑުމަޑުވެ، އަވަސް އަވަހަށް ވާހަކަ ދެއްކޭނެއެވެ. ބައެއް ފަހަރު އާގަނެ، ވާހަކަ ނުދެއްކިފައި ހުރެދާނެއެވެ. އަދި ބައެއް ފަހަރު ބަސްތައް ތަކުރާރު ވެސް ކޮށްދާނެއެވެ. އަނެއް ބައި ފަހަރު ވާހަކަ ދައްކަން ފެށުމުގެ ކުރިން ބުނަންބޭނުންވާ އެއްޗެއް ބުނަންނޭގި ޝައްކުވެފައި ހުރެދާނެއެވެ.

ސަބަބުތައް[އުނިއިތުރު ގެންނަވާ]

ތުރުތުރުއަޅާ ބަލި ޖެހޭ މައިގަނޑު ސަބަބަކީ ސިކުނޑީގައި ކެމިކަލް މެސެންޖަރ އެއް ކަމުގައިވާ ޑޮޕަމިން ނުހުރުމެވެ.