ތުންރަތް ފިލޮޅު

ވިކިޕީޑިއާ އިންވިކިޕީޑިއާ
ފުންމަވާ: ސަމުގާ, ހޯއްދަވާ
ތުންރަތް ފިލޮޅު

ތުންރަތް ފިލޮޅު(ސައިންޓިފިކް ނަން: Lethrinus conchyliatus)ނުވަތަ (އިނގިރޭސި ބަހުން: Redaxil emperor)އަކީ ރާއްޖޭގެ އަތޮޅުން ބޭރު ފުން ސަރަހައްދުތަކާއި އެތެރެވަރީގެ ފުން ސަރަހައްދު ތަކުގައި ނަމަވެސް 220 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައި އުޅޭ މަހެކެވެ. މިއީ ދިވެހިން ކައިއުޅޭ މީރު މަހެކެވެ. އެތެރެވަރިންނާއި ކަނޑުއޮޅިތަކުން ކުރާ ކެޔޮޅުކަމުގައި މިބާވަތުގެ މަސް ބޭނެއެވެ. މިއީ ނަނުގައި ގަންނައިރު ވަރަށް ލޮޅުން ދައްކާ ހަލުވި މަހެކެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކައްޓާއެކު 9 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއެކު 8 މަޑުކަށި ހުރެއެވެ. ކަންފަތް ގަނޑުގައި 13 މަޑުކަށި ހުރެއެވެ. މަހުގެ ތުން ދިގެވެ. މަހުގެ ލޮލުގެ ކުރިމަތިން މަހުގެ ނިތްމަތި އަޑިވެފައި ހުރެއެވެ. މަހުގެ ތުން ބޯވާނެއެވެ. މަހުގެ ކުލައަކީ މުށި ނުވަތަ އަޅި ކުލައެކެވެ. ބަނޑުދަށް ފަރާތުގެ ކުލަ ފަނޑުވާނެއެވެ. މަހުގެ ކަންފަތްގަނޑުގެ ބުޑާއި ތުންފަތާއި ކަރުތާފަތުގެ ކައިރިފަށް ހުންނަނީ ރަތްކުލައިގައެވެ. މަހުގެ ކޮތަރިބަޔާއި ނިގުލުގެ ކުލައަކީ ފަނޑު އޮރެންޖް ކުލައެކެވެ. މިބާވަތުގެ ފިލޮޅަށް ވަކި ޚާއްޞަ ނަމެއް ކިޔާއުޅޭ ކަމަށް ރިކޯޑް ކުރެވިފައި ނެތުމުން މަހުގައި އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ސިފަ ކަމުގައިވާ ރަތްކަން ދޭހަވާ ގޮތަށް އަދި މަހަށްކިޔާ އިގިރޭސި ނަމާ ގުޅޭގޮތުން ތުންރަތް ފިލޮޅު ކިޔާ ނަންދީފައިވަނީ އެވެ. މިމަސް އެންމެ ބޮޑުވަނީ 76 ސެންޓި މީޓަރަށެވެ.