ތިނެސްކަން ބިބީ

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ތިނެސްކަން ބިބީ

ތިނެސްކަން ބިބީ(ސައިންޓިފިކް ނަން: Chaetodon triangulum)ނުވަތަ (އިނގިރޭސި ބަހުން: Triangle butterflyfish) އަކީ ރާއްޖޭގެ ފަރުފަޅުގެ މުރަކަތަކުގެ ތެރޭގައި ދިރިއުޅޭ މަހެކެވެ. މިމަސް ފަރުފަރާ ފަޅުފަޅުގެ ބޭރުގައި ޖޯޑްޖޯޑަށް އުޅެއެވެ. އޮއިރޮނގު ބިބީ އަކީ ދިވެހިން އާންމުކޮށް ކެއުމަށް ބޭނުންކޮށް އުޅޭ މަހެއް ނޫނަސް، ދިރޭމަސް ބޭރުކުރާ ފަރާތްތަކުން ވަރަށް ޝައުގުވެރިކަމާއެކު ހިފާއުޅޭ މަހެކެވެ. މިއީ ގިނަ ބިބީ އާއި ޚިލާފަށް މޫދުތެރޭގައި އުޅޭއިރު ކޮތަރިބައި ރަގަޅަށް ހުޅުވާލައިގެން، ތިނެސްކަން ގޮތަކަށް ހުންނަ މަހެއް ކަމުން މިމަހަށް ތިނެސްކަން ބިބީ ކިޔާފައިވަނީ އެވެ. މިމަސް ދިރިއުޅެނީ 3-15 މީޓަރާއި ދެމެދުގެ ފުންމިނުގައެވެ. ތިނެސްކަން ބިބީ 15 ސމ އަށް ދިގުވެއެވެ.

މަހުގެ މަތީ ކޮތަރިބައިގައި ހަރުކޮށް ހުންނަ 11 ކައްޓާއެކު، 24 ނުވަތަ 25 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ހަރުކޮށް ހުންނަ 3 ކަށްޓާއެކު، 20 ނުވަތަ 21 މަޑުކަށި ހުރެއެވެ.

މަހުގެ ކުލައަކީ މަޑު މުށިކުލަ އެވެ. ނަމަވެސް މުޅި ހަށިގަނޑުގައި ގަދަމުށި ކުލައިގެ ކުރެހުމެއް ހުރެއެވެ. މަހުގެ ތުނބާއި ލޮލުގެ ހުރަހަށް ދެމިފައި ހުންނަ ރޮނގާއި އަދި ކަރުތާފަތުގެ މަތިން މަހުގެ ހުރަހަށް ހުންނަ ރޮނގުގެ ކުލައަކީ ރަތް ކުލައެވެ. މަހުގެ ނިގޫފަތުގައި ފުޅާކޮށް ތުތިމަސް ގޮތަށް ހުންނަ ކަޅުކުލައިގެ ރޮނގެއް ހުރެއެވެ. މިރޮގުގެ ކައިރިފަށް ހުންނަނީ ރީނދޫ ކުލައެއް ގައެވެ. މަހުގެ ނިގޫފަތުގެ ބުޑުދަށުގައި ހުރަހަށް ރީނދޫ ކުލައިގެ ރޮނގެއް ހުރެއެވެ.