ދޮންދީނި

ވިކިޕީޑިއާ އިންވިކިޕީޑިއާ

ދޮންދީނި އިނގިރޭސި ބަހުން ކިޔާނަމަ 'White Tern"‘ވައިޓް ޓާރން’ އަކީ ރާއްޖޭގައި ހަމައެކަނި އައްޑު އަތޮޅުގައި އުޅޭ ޚާއްސަ ދޫންޏެކެވެ. ގައިގައި ހުންނަ ފަތުގައި ސާފު ހުދުކުލަ ހުންނަ މި ދޫނީގެ ތުމުގައި ހުންނަނީ ކަޅު ކުލައެވެ. މިދޫންޏަކީ ކުދިމަސް ކައި އުޅޭ ދޫންޏެކެވެ. އަދި މިދޫނި ނިދާ ދިރިއުޅެ ހަދަނީ ގަހުގެ އޮފީގައެވެ. މިދޫނި ދަރިމައިވަނީ ވެސް ދިރިއުޅޭ ގަހުގެ އޮފިގަނޑު މައްޗަށްބިސް އަޅައިގެންނެވެ.މިއީ އުމުރު ދިގު ދޫންޏެކެވެ. އެގޮތުން މިދޫނި ގާތްގަނޑަކަށް 18 އަހަރު ދިރިއުޅޭކަމަށް ވެއެވެ. މިހާރަކަށް އައިސް އައްޑޫ ސިޓީ ކައިރީގައި އޮންނަ ހުވަދު އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ހައޮޑިގަލާގައިވެސް މިދޫނި މިހާރު ދިރިއުޅޭ ކަމަށް ވެއެވެ. އާންމު ގޮތެއްގައި މިދޫނި ދިރިއުޅެނީ ޓްރޮޕިކަލް ކަޑުގެ ސަރަހައްދުގެ އިތުރުން އިންޑިއާ ކަނޑުގެ ސަރަހައްދުގައެވެ.ދޮންދީނި އަކީ ވަރަށް މަދު އަދަދަކަށް ރާއްޖޭގައި ދިރިއުޅޭ ދޫންޏެއްކަމުން މިދޫނި ހިފާ ގެންގުޅުމަކީ މަނާ ކަމެކެވެ. މިއީ ހިމާޔަތް ކުރެވިފައިވާ ދޫންޏެކެވެ.