ދޮންފައްޓާ ކަނޑުއުނިޔަ

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ދޮންފައްޓާ ކަނޑުއުނިޔަ

ދޮންފައްޓާ ކަނޑުއުނިޔަ(ސައިންޓިފިކް ނަން: Scolopsis auratus)ނުވަތަ (އިނގިރޭސި ބަހުން: yellowstripe monocle bream)އަކީ ރާއްޖޭގެ ތިލަފަޅުތަކާއި ފަރުމަތީގައި އުޅޭ މަހެކެވެ. މިބާވަތުގެ މަސް ގިނައިން އުޅޭކަމަށް ފާހަގަކުރެވެނީ އަޑީގައި ވެލި ހުންނަ ހިސާބުތަކުގައެވެ. މިއި ދިވެހިން މަދުމަދުން ކައިއުޅޭ މަހެކެވެ. މިމަހުގެ އާޢްމު ކާނާއަކީ އަޑީގައި އުޅޭ ކުދިކުދި ކަކުނި ފާނޑުގެ ސޫތްޕެވެ. މަހުގެ ކުލައަކީ ރިހިކުލައެވެ. މަހުގެ މަތީބައި ހުންނަނީ ނޫކުލައެއްގައެވެ. މަހުގެ ލޮލުން ފެށިގެން ނިގޫފަތާ ހަމައަށް ދިގަށް ފުޅާ ދޮންކުލައިގެ ރޮނގެއް ހުރެއެވެ. މަހުގެ ތުންކޮޅު ހުންނަނީ ކަޅުކުލައިގައެވެ. ނިގޫފަތުގެ ކުލައަކީ ރަން ރީނދޫ ކުލައެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކައްޓާއެކު 9މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއެކު 7މަޑުކަށި ހުރެއެވެ. މަހުގެ ކަންފަތްގަނޑާއި ދިމާލުން ބަނޑުދަށް ފަރާތުގައި ހުންނަ ކޮތަރި ދިގެވެ. މަހުގެ ނިގޫފަތް ހުންނަނީ ކަފިވެފައެވެ. މިމަސް އެންމެ ބޮޑުވަނީ 21 ސމ. އަށެވެ. މިމަހަށްކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު މަހަށް ކިޔާ އިގިރޭސި ނަމާ ގުޅޭގޮތުން މަހުގެ ސިފަޔަށް ވިސްނާ ދޮންފައްޓާ ކަނޑުއުނިޔަ ކިޔާ ނަންދީފައި ވަނީ އެވެ.