ދޮނަޅަ
Appearance
![](http://upload.wikimedia.org/wikipedia/commons/thumb/d/df/Sorghum.jpg/250px-Sorghum.jpg)
ދޮނަޅަ(އިނގިރޭސި ބަހުން: Sorghum)އަކީ ފަތްދިގު އެއްތަނޑަށް ހެދޭގަހެއްގައި އަންނަ ކުރާގަނޑެއްގައި ހުންނަ ފުއްތަކެކެވެ. މީގެފުއްތައް ހުންނާނީ ބޮޑު ސާގުފުކެއް ވަރަށެވެ. މިއީ ގޮވާމުގެ ބާވަތެކެވެ. ދޮނަޅައިގެ ވެސް ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ. ދޮނަޅަ ބޭނުންކުރަނީ ތަވާގައި ފިހެގެންނާއި، އެއިން ފުށް ހަދައިގެންނެވެ. ދޮނަޅައިގެ ބައެއް ބާވަތްތަކަކީ ވިޔަފާރީގެ ގޮތުގައި ފުށް ހެދުމަށް ބޭނުންކުރާ ބާވަތްތަކެކެވެ. އާންމު ގޮތެއްގައި ދޮނަޅަ ހެދެނީ ހޫނު ގައުމުތަކުގައެވެ. ބައެއް ވައްތަރުގެ ދޮނަޅަ ބޭނުންކޮށްގެން ސަރުބަތު ވެސް ހަދައެވެ.