ދެބުރިދެކުލަ ވެންފުންނަ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ދެބުރިދެކުލަ ވެންފުންނަ (ސައިންޓިފިކް ނަން: Ecsenius bicolor)ނުވަތަ (އިނގިރޭސި ބަހުން: Bicolor blenny)އަކީ ރާއްޖޭގެ ފަރުތަކުގައި އުޅޭ ކުޑައިސްކޮޅެއްގެ ވެންފުންނައެކެވެ. މިވެންފުންނަ އެންމެ ބޮޑުވާ ކަމަށްވަނީ 11 ސެންޓި މީޓަރަށެވެ. މިބާވަތުގެ ވެންފުންނަ ގިނައިން ފެނިފައި ހުންނަނީ ފަރުމަތީގެ ގާތަކުގެ މަތީގައި މަޑުކޮށްލައިގެން ތިއްބައެވެ. މިއީ ދިވެހިން ކައިއުޅޭމަހެއް ނޫނެވެ. މިބާވަތުގެ ވެންފުންނަ ތަފާތު ކުލަ ތަކުގައި ފެނެއެވެ. ނަމަވެސް އާންމުކޮށް ފެންނަ މިބާވަތުގެ ވެންފުންނައިގެ ކުރީކޮޅާއި ބޮލުގައި ހުންނަނީ ކަޅުކުލައަކަށްދާ ގަދަނޫކުލައެކެވެ. ނިގޫކޮޅުގައި ހުންނަނީ ރީނދޫ ކުލައެވެ. މިއީ ދިރޭމަސް ގެންގުޅޭ ފަރާތްތަކުން ގެންގުޅުމަށް ލޯބިކުރާ މަހެކެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 12 ހަރުކައްޓާއެކު 16 އާއި 18 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 2 ހަރުކައްޓާއެކު 18 އާއި 20 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މިމަހަށް ކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑްކުރެވިފައި ނެތުމާއެކު މިމަހަށް ކިޔާ ޢިލްމީ އަދި އިގިރޭސިނަމާ ގުޅުވައިގެން މިމަހަށް ދެބުރިދެކުލަ ވެންފުންނަ ކިޔާފައި ވަނީ އެވެ.