ދުންތަރި މަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ދުންތަރި މަސް

ދުންތަރި މަސް (އިނގިރޭސި ބަހުން: Calloplesiops altivelis)ނުވަތަ (އިނގިރޭސި ބަހުން: Comet)އަކީ ރާއްޖޭގެ ފަޅުފަޅުތަކުގެ ބޭރުންނާއި އެތެރެވަރީގެ ކަނޑުތަކުން ވަރަށް މަދުމަދުން ފެންނަ ވަރަށް ރީތި މަހެކެވެ. މިމަސް އާންމު ގޮތެއްގައި އުޅެނީ ފަޅުގެ އުރަފަށުގައި ހެދިފައި ހުންނަ ހޮހަޅަތަކުގެ ތެރޭގައެވެ. މަހުގެ ނަލަކަމާއި ފަރިކަމުގެ ސަބަބުން އަޑިއަށް ފީނާއުޅޭ މީހުން ވެސް މިމަސް ދުށުމަށް ވަރަށް ޝައުގުވެރިކަން ދެއެވެ. މިއީ ވަރަށް މަދުން ފެންނަ މަހެއް ކަމުން މިމަހަށް ވަކި ޚާއްޞަ ނަމެއް ދިވެހިން ކިޔައެއް ނޫޅެއެވެ. ވީމާ މިމަހުގެ ތަދުކަމާ މަދުކަމަށް ވިސްނާ، މަހަށްކިޔާ އިގިރޭސި ނަމާ ގުޅުވައިގެން ދުންތަރި މަސް ކިޔައި މިމަހަށް ނަންދެވިފައި ވަނީ އެވެ. މިމަސް އެންމެ ބޮޑުވަނީ 16 ސެންޓި މީޓަރަށެވެ.

މަހުގެ ބުރަކަށި މަތީ ކޮތަރިބައިގައި 11 ހަރުކައްޓާއެކު 8 ނުވަތަ 9 މަޑުކަށި ހުރެއެވެ. ބަނޑު ދަށްފަރާތު ކޮތަރި ބައިގައި 3 ހަރުކައްޓާއެކު 9 މަޑުކަށި ހުރެއެވެ. މަހުގެ ކުލައަކީ ކަޅު ކުލައެވެ. މުޅި މަހުގައި އަޅައިގަންނަ ހުދު ނޫކުލައިގެ ތިކިތަކެއް ހުރެއެވެ. މަހުގެ ބުރަކަށި މަތީ ކޮތަރި ބައިގެ ފަހަތު ކޮޅުގައި ނޫކުލައިން ކައިރި އަޅާފައި ހުންނަ ގަދަ ލަފެއް ހުރެއެވެ. މަހުގެ ނިގޫފަތް ވަރަށް ފުޅާކޮށް ކޮޅަށް ހިމަކޮށް ހުރެއެވެ. މިއީ ފަރުތަކުގެ ތެރޭގައި ވަރަށް ފިލައިގެން އުޅޭ