ދުނިޔޭގެ ޓީބީ ދުވަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ދުނިޔޭގެ ޓީބީ ދުވަސް ނުވަތަ ދުނިޔޭގެ ކެއްސުން ބަލި ގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ މާރޗް މަހުގެ 24 ވަނަ ދުވަހެވެ. މިދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ އާންމުންގެ މެދުގައި ކެންސުއްބައްޔާއި މެދު ހޭލުންތެރި ކުރުވުމެވެ. މިހާރު ވެސް 3 ވަނަ ދުނިޔޭގެ ގައުމުތަކުގައި ކެއްސުން ބަލީގައި އަހަރަކު 1.6 މިލިޔަން މީހުން މަރުވެދާ ކަމަށް ހިސާބު ތަކުން ދައްކައެވެ. މިދުވަސް ފާހަގަ ކުރަނީ 1882 ވަނަ އަހަރު ރޮބަޓް ކޮކް ކިޔާ ސައިންސްވެރިޔަކު ކެންސުން ބަލި ޖައްސާ ޖަރާސީމް ހޯދުމާއި ގުޅިގެންނެވެ.