ދިގު ތިޔަރަ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ފުންމަވާ: ސަމުގާ, ހޯއްދަވާ
ދިގު ތިޔަރަ

ދިގު ތިޔަރަ (އިނގިރޭސި ބަހުން: Cassia occidentalis)ނުވަތަ (އިނގިރޭސި ބަހުން: Coffee Senna)އަކީ ފަތްޕިލާވެލީގެ ތެރޭގައި ހިމެނޭ ކެއުމަށް ބޭނުންކުރާ ބާވަތެކެވެ. ދިގު ތިޔަރަ ފަތް ރާއްޖޭގައި ބޭނުން ކުރެވެނީ ތެލުލައިގެންނާއި، އަދި ހުހަށް ބަތްފަދަ ތަކެއްޗާއި އެކުގައި ކެއުމަށެވެ. މީގެ އިތުރުން ބައެއް ކަހަލަ ސަޓަނި ގަނޑު ތައްޔާރުކުރާއިރު ވެސް މިފަތް ބޭނުންކުރެއެވެ. ދިގު ތިޔަރަ ފަތްގަސް އާންމު ގޮތެއްގައި ހެދެނީ އެންމެ އުސްވެގެން 2 މީޓަރުގެ އުސްމިނަށެވެ. އާންމު ގޮތެއްގައި ދިގު ތިޔަރަ ހެދެނީ ހޫނު ހިސާބުތަކުގައި ކަން ފާހަގަ ކުރެވެއެވެ.