Jump to content

ދިވެސް އަކުރު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ދިވެސް އަކުރު
ބޮޑުފެންވަޅުގޭ ސީދީގެ ދިވެހި އަކުރު ފޮތުގައި ދިވެސް އަކުރުން ލިޔެފައިވާ "ދިވެހިއަކުރު"
Type
އަބުގީދާ
Languagesދިވެހިބަސް
Time period
14ވަނަ ގަރުނު މ - 18ވަނަ ގަރުނު މީލާދީ (17 އަދި 18 ވަނަ ގަރުނުގެ ފަހުން ތާނަ އާންމުވުމުގެ ސަބަބުން ބޭނުން ކުރުން މަދުވެގެން ދިޔަ، 20 ވަނަ ގަރުނުގެ މެދުތެރެއާއި ހަމައަށް ބައެއް މީހުން ބޭނުންކޮށް އުޅުނު)
Parent systems
ޕްރޯތޯ-ސިނޭޓިކް އަލްފަބޭތާ
  • ފޮނީޝަން އަލްފަބޭތާ
    • އަރަމާޔާ އަލްފަބޭތާ
      • ބްރާމީ (ދެކުނު ބްރާމީ)
        • ގިރާންތާ
          • އެވޭލާ އަކުރު
            • ދިވެސް އަކުރު
Sister systems
ސިންގަޅަ އަކުރު، މަލަޔާޅަމް އަކުރު

ދިވެސް އަކުރު އަކީ ދިވެހިންގެ ކާބަފައިންގެ ޒަމާނުގައި ލިޔެކިޔުމުގައި ބޭނުންކުރި އަކުރެކެވެ. މީގެ ގާތްގަނޑަކަށް 280 އަހަރު ކުރީގައި ދިވެހިރާއްޖޭގެ ރަސްމީ އަކުރުއްގެ ގޮތުގައި ދިވެސް އަކުރު ގެންގުޅެފައިވާ ކަމަށް ތާރީޚް ހެކިދެއެވެ. ދިވެހި ތާރީޚްގައި ވަރަށް މުހިއްމު ލިޔުންތަކާއި، ވަރަށް ގިނަ ރަސްމީ ފަތްކޮޅުތައް، ދިވެސް އަކުރުން ލިޔެފައި ވެއެވެ.

ދިވެސް އަކުރު ލިޔާނީ ވާތުން ކަނާތަށެވެ. އެއީ އިގިރޭސި ބަސް ވެސް ލިޔާ އުޞޫލުންނެވެ. ދިވެސް އަކުރު ލިޔެވޭނީ ފިއްޔަކާއި އެކީގައެވެ. އަބަދުވެސް އޮންނާނީ ކޮންމެވެސް ފިއްޔަކާއި ގުޅިފައެވެ. އަދި ބައެއް ފަހަރު ދެއަކުރު އެއްކޮށްލައިގެން ވެސް ބޭނުންކުރެވެއެވެ. ދިވެސް އަކުރުގެ އެއް އަކުރެއް ކިތައްމެ ގޮތަކަށް ވެސް ލިޔެވިދާނެއެވެ. ދިވެސް އަކުރު ދަސްކުރުމުގައި އެންމެ މުހިއްމު ކަމަކީ ފުރަތަމަ ލިޔަން ދަސްވުމެވެ. އަކުރު ލިޔަން ފަށާނީ ވާތުންނެވެ.

The last version of the Maldivian script used after the Conversion to Islam until the 1700s