ދިވެހި މާގަނޑުމަސް
Jump to navigation
Jump to search
ދިވެހި މާގަނޑުމަސް (ސައިންޓިފިކް ނަން: Amphiprion nigripes)ނުވަތަ (އިނގިރޭސި ބަހުން: Maldives anemonefish)އަކީ މާގަނޑުމަސް ތަކުގެ ތެރެއިން ރާއްޖޭގައި ގިނައިން އުޅޭ ބާވަތެކެވެ. މިއީ ހަމައެކަނި ދިވެހިރާއްޖެ އާއި މަލިކުގައި އުޅޭކަމަށް ރިކޯޑް ކުރެވިފައިވާ މަހެކެވެ. ފީނުންތެރިން ދުށުމަށް އެދޭ ބާވަތްތަކުގެ ތެރޭގައި މިމަސް ހިމެނެއެވެ.
މެރިން އެކްއޭރިއަމް ތަކުގައި ބެއިންދުމަށް އެންމެ ރީތި، މަދުން ލިބެން ހުންނަ ބާވަތެކެވެ. މިމަސް އާންމު ގޮތެއްގައި ދިރިއުޅެނީ މާގަނޑެއްގެ ނިވަލުގައި އެމާގަނޑުގެ ކައިރީގައެވެ. މަހުގެ ކުލައަކީ ގަދަ އޮރެންޖް ކުލައެވެ. މަހުގެ ލޮލާއި ދިމާއިން މަހުގެ ހުރަހަށް ހުދުކުލައިގެ ރޮނގެއް ހުރެއެވެ. ބަނޑުދޮށް ފަރާތުގެ ކުލައަކީ ކަޅުކުލައާއި ރީނދޫކުލައެވެ.