Jump to content

ދިވެހިބޭސް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ދިވެހި ބޭސް

           

       

ދިވެހިބޭހުގެ ހުލާސާ ތައާރަފެކެވެ.

ދިވެހިބޭސްވެރިކަން ބިނާވެފައިވަނީ ދެ ތިޔަރީއެއްގެ  މައްޗަށެވެ. އެއީ: އެއީ ގްރީކްގެ ފިލޯސަފަރު ބުރާތު ނުވަތަ ހިޕޮކްރައިޓްސް ގެ ޙިލްތުނަޒަރިއްޔާތާއި، އެ ނަޒަރިއްޔާ މައްޗަށް އިސްލާމީ ހަކީމު އިބުނު-ސީނާ ފުރިހަމަ ކުރެއްވި ތަބިއްޔަތުގެ ކަންތަކެވެ. ދެ ތިޔަރީގެ މައްޗައް މިސަރަހައްދުގެ ރައްތަކުގައި ކުރަމުންއައި ދީބު ޔޫނާނީ ނުވަތަ ދިވެހި ބޭސްވެރިކަމެވެ. ރާއްޖެއިން ލިބެންހުންނަ ފަތްޕިލާވެލި ބޭނުން ކުރުމަކީ މި ބޭސްވެރިކަން ދިވެހިބޭސްވެރިކަމަކަށް ވުމުގެ ސަބަބުކަމަށް ވެދާނެއެވެ.


ބުގަރާތުގެ ޙުލްތު ނަޒަރިއްޔާ

މިނަޒަރިއްޔާ ބިނާވެފައިވަނީ ހަތަރު ޚިލްތުގެ މައްޗަށެވެ. އެއީ ކާބޯތަކެތީގެ ހަޖަމުގެ އިސްތިހާލާ އިން އުފެދޭ ތެތް ލޮނދި ބައިތަކެކެވެ. ޚުލްތަކީ ހަށިގަނޑުގައި ހުންނަ ހަތަރުބާވަތެއްގެ ތެތް އޮލަ ފެނެކެވެ. އެއީ :

    1 ދަމު / ލޭ

    2 ސަފްރާ

    3 ސަވްދާ

    4 ބަލްގަމް

ބުގަތާތުގެ ޚުލްތު ނަޒަރިއްޔާ ތަރައްގީވެގެން އުފެދުނު ތަބީޔަތުގެ ކަންތަކުގައި ކޮންމެ ޚުލްތަކަށް މިޒާޖެއް ވެއެވެ. އެއީ އުންސުރުތަކުގެ ކައިފިއްޔަތް ތަކުން އަންނަ އެއްޗެކެވެ.

ތަބިއްޔަތުގެ ކަންތައް : 1- އުންސުރު 2- މިޒާޖު 3 - ޚުލްތު، 4- ގުނަން، 5- ރޫޙް 6- ބާރު/ގުވާތު 7- ހަރަކާތް. މިއެވެ.

މިނަޒަރިއްޔާ ބުނާގޮތުން ކާއިނާތުގައިވާ ކޮންމެ އެއްޗެއްގައި އެއަށް ޚާއްސަ މިޒާޖެއްވެއެވެ.

ޚުލްތު ނަޒަރިއްޔާ އާއި ތަބީއަތުގެ ކަންތަކާއި އެކުވުމުން ކޮންމެ ޚުލްތެއްގައި ތަބީއީ މިޒާޖެއްވެއެވެ.

އެއީ:.

 ޚިލްތު        މިޒާޖު

1 ދަމު---------- ތެތް - ހޫނު

2 ސަފްރާ------ ހިކި - ހަުނު

3 ސަވްދާ ----- ހިކި - ފިނި

4 ބަލްގަމް ----- ތެތް - ފިނި

އިންސާނާގެ މިޒާޖު:

އިންސާނީ ދަރިފަސްކޮޅު ހަތަރުމިޒާޖަށް ބެހިފައިވާއިރު، ދޭދޭ ފަރުދުންގެ މިޒާޖުވެސް ތަފާތެވެ. މިޒާޖު ލަފާކޮށް ދަނެގަތުމުގައި މިނިޒާމުގެ ހަކީމުން އޭނާގެ ސިފަޔާއި ސުވާލުކޮށްގެ ހޯދައެވެ.

އިންސާނުން ގެ މިޒާޖު ބެހިގެންވާ ހަތަރުބައި

     1 ހޫނު

2 ފިނި

     3 ހިކި

     4 ތެތް

މިނިޒާމުގައި ހަތަރު ޚުލްތުގެ ތިލަފަތް ހިފެހެއްޓިފައި ހުރުމަކީ ދުޅަހެޔޮ ސިއްހަތެވެ.

މިއިން ޚިލްތެއް އުނި އިތުރުވެގެންފިނަމަ އިންސާނާ ބަލި ބައްޔަށް ލެބިގަނެއެވެ.

ޚުލްތުގެ ތިލަފަތް ހަމަ ހަމަ ކުރުމަކީ ދިވެހި ބޭސް ކުރުމެވެ.

ބަލިމީހާއަށް ކާބޯތަކެއްޗާއި ބޭސް ދެނީ ޚިލްތުގެ ތިލަފަތް ހަމަ ހަމަ ކުރުމަށެވެ.

ދިވެހި ބޭހުގައި ބަލި ދަނެގަންނަ ގޮތް.

ބަލި ދެނެގަތުމައްޓަކައި ބަލާ ކަންތަކަކީ :

* ޖިންސު، *އާދަކާދަ، * ސިފަ*ކުރާ މަސައްކަތް، *ބަލިމީހާގެ ކުރީގެ ހާލަތު، *ނަފްސާނީ ހާލަތު، *އުމުރު، މިފަދަ ކަންކަމެވެ.

ތަހުލީލު ކުރުމުގައި އަންނަނިވި ކަންކަންވެސް ހިމެނެއެވެ.

* ވިންދު. * ކުޑަކަމުދާތަކެތި، * ބަލިމީހާ ހޭލުން ތެރިކުރުވުން.

* ހާޖަތް.

ފަރުވާ :

* ތަދުބީރު * ހަންމާމު * ކަވާ * ދަވާ އަދި މާލީސް ކުރުން... ފަދަ ތެރަޕީތައް ދިވެހި ބޭހުގައި ކުރެއެވެ..

ރިފަރެންސް : ތިއްބުލް ފުރަގާ ފީ ހިކްމަތުލް އުމަރާ.