ދިވެހިން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ދިވެހިން އެއީ އިންޑޯއާރިޔަން ޢާއިލާގެ ނަސްލަކަށް ނިސްބަތްވާ މީހުންނެވެ. މި މީހުން ވާހަކަ ދައްކަނީ ދިވެހި ބަހުންނެވެ. މި ނަސްލުގެ އެއް ބަޔަކީ ދިވެހިރާއްޖޭގެ މީހުންނެވެ. އަނެއް ބަޔަކީ މަލިކުންނެވެ. އެއީ އިންޑިޔާގެ ރަށެއް ކަމުގައިވާ މަލިކުގެ އަހުލުވެރީންނެވެ. މަލިކުގެ އަހުލުވެރީންނަށް މަހަލުންނޭކިޔޭ މުޚާތަބުުކުރެވޭ ފަހަރުވެސް އާދެއެވެ. ދިރާސާތަކަކަށްފަހު ޢިލްމުވެރިންވަނީ މިނަސްލުގެ މީހުން 3 ބަޔަކަށް ބައްސަވާފައެވެ. އެތިން ބަޔަކީ:

  • ދިވެހިރާއްޖޭގެ އިހަވަންދިއްޕޮޅުން ފެށިގެން ހައްދުންމައްޗާއި ހަމައަށް ހުރި އަތޮޅުތަކުގެ އަހުލުވެރިން.
  • ދިވެހިރާއްޖޭގެ ދެކުނުގެ 3 އަތޮޅުގެ އަހުލުވެރިން.
  • މަލިކުގެ އަހުލުވެރިން މިއެވެ.