ދަނޑި އަލުވި

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ދަނޑި އަލުވި

ދަނޑި އަލުވި(އިނގިރޭސި ބަހުން: Manihot esculenta)ނުވަތަ (އިނގިރޭސި ބަހުން: Cassava) އަކީ ފަލަމަޑީގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ބާވަތެކެވެ. އެފްރިކާ ގައި ގިނަ އަދަދަކަށް ހައްދާ ދަނޑި އަލުވި އަކީ ދުނިޔޭގައި ކާބޯހައިޑްރޭޓް ލިބޭ ކާނާގެ ގޮތުގައި 3 ވަނަ އަށް އެންމެ ގިނައިން ހައްދާ ބާވަތެވެ. ދެކުނު އެމެރިކާ އިން ފުރަތަމަ ފެނިގެންދިޔަ ދަނޑި އަލުވި އާންމުކޮށް ހައްދަނީ ހޫނު ހިސާބު ތަކުގައި ކަމަށްވެއެވެ. އާންމުކޮށް ދަނޑި އަލުވީގެ ދިގުމިނޫގައި ގާތްގަނޑަކަށް 80-50 ސެންޓިމީޓަރުގެ ދިގުމިން އަދި ވަށަމިންގައި 10-5 ސެންޓި މީޓަރުގެ ފުޅާމިން ހުންނަ ކަމަށް ވެއެވެ.

ދިވެހިންގެ ތެރޭގައި ދަނޑި އަލުވި ބޭނުންކުރަނީ ތަފާތު ބާވަތްތަކުގެ ފޮނި ކާތަކެތި ހެދުމަށް ކަމަށް ފާހަގަ ކުރެވެއެވެ. މިގޮތުން ދަނޑިއަލުވި ބޯކިބާ އަކީ ފާހަގަ ކޮށްލެވޭ ފޮނި ކާއެއްޗެކެވެ.