ދަނބު
Appearance
![](http://upload.wikimedia.org/wikipedia/dv/thumb/6/6a/Dhanbunn.jpg/250px-Dhanbunn.jpg)
ދަނބު(ސައިންޓިފިކް ނަން: Syzgium cumini)ނުވަތަ (އިނގިރޭސި ބަހުން: Jambul)އަކީ ބިޔަކޮށްހެދޭ ފަތްތައް ހިމަދިގު ލަކުޑިމޮޅު ގަހެއްގައި އަޅާ މޭވާ އެކެވ.ދަނބު އަކީ ހުތްފޮނި ރަހަދޭ އެއްޗެކެވެ. ޅަކޮށްހުންނައިރު ހުންނާނީ ފެހިކުލައިގައެވެ. ދޮންވީމާ ހުންނާނީ ދަނބުކުލައިގައެވެ. ދަނބު ގަހަށް ވެސް ދަނބު ކިޔައެވެ. ދަނބުކުލަ ނިސްބަތް ވަނީ މިމޭވާ އަށެވެ. ދަނބު އެންމެ ގިނައިން ހައްދަނީ ދެކުނު އޭޝިޔާގެ ގައުމުތަކުގައެވެ. ޚާއްޞަ ކޮށް އިންޑިޔާ، ޕާކިސްތާން، އަދި އިންޑޮނޭޝިޔާ ފަދަ ގައުމު ތަކަކީ ދަނބު ހެއްދުމުގައި ފާހަގަ ކޮށްލެވޭ ގައުމުތަކެވެ.
ގަދީމީ ބޭސްވެރިކަމުގެ ފަރުވާގެ ތެރޭގައި ދަނބު ބޭނުން ކުރެވިފައި ެވއެވެ.