Jump to content

ފްރެންކޮއިސް ޕިރާޑް ޑީ ލާވާލް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ފްރެންކޮއިސް ޕިރާޑް ޑީ ލާވާލް އަކީ ފަރަންސޭސި ވިލާތުގެ ލާވާލް އޭ ކިޔުނު ރަށުގެ އަހުލުވެރި އެކެވެ. އޭނާ އަކީ ވަރަށް ޢިލްމުވެރި ސައްޔާޙެކެވެ. އޭނާއަށް ދިވެހިރާއްޖެ އާދެވުނީ އައްސުލްޠާން އިބްރާހީމް ކަލާފާނު ގެ ރަސްކަމުގައެވެ. އެއީ މީލާދީން 1602 ވަނަ އަހަރު ޖުލައި މަހުގެ 2 ވަނަ ދުވަހު ބ.ގޮއިދޫ އަށް އުރުނު ފަރަންސޭސި ނަވަކުންނެވެ. މިނަވުގެ ނަމަކީ ކޯބިން އެވެ. ގާތްގަނޑަކަށް 5 އަހަރު ދުވަސްވަންދެން ހައްޔަރުވެފައި ޕިރާޑް ރާއްޖޭގައި ހުންނެވި އެވެ. އޭނާ ސަލާމަތްވެގެން އެބުރި ފަރަންސޭސި ވިލާތަށް ދިޔައީ ކަލާފާނު ރަސްގެފާނު އަވަހާރަވީ ފަހުންނެވެ.

ފްރެންކޮއިސް ޕިރާޑް ޑީ ލާވާލް އެނބުރި ފަރަންސޭސި ވިލާތަށް ދިއުމަށްފަހު ރާއްޖެއާއި ބެހޭގޮތުން ފޮތެއް ލިޔުއްވި އެވެ. 3 ބަޔަށް ބައިކުރައްވައިގެން ލިޔުއްވި މިފޮތުގައި ދިވެހިރާއްޖޭޣެ އާދަކާދަ ތަކާއި، ގެދޮރު ބިނާކޮށްފައި ހުންނަގޮތް ބަޔާންކޮށްފައި ވެއެވެ. އަދި ނުވަވަނަ ހަސަން ރަސްގެފާނުގެ ވާހަކަ އާއި ބޮޑު ތަކުރުފާނުގެ ވާހަކައާއި މިނޫން ކަންތައް ވެސް ބަޔާންކޮށްފައި ވެއެވެ. މިފޮތް ލިޔެފައިވަނީ ފަރަންސޭސި ބަހުން ކަމަށްވިޔަސް މިހާރު މިފޮތް ތަފާތު ބަސްބަހުން ތަރުޖަމާކުރެވިފައި ވެއެވެ.