ފޮނިޔަ މަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ފޮނިޔަ މަސް

ފޮނިޔަ މަސް (ސައިންޓިފިކް ނަން: Macolor niger)ނުވަތަ (އިނގިރޭސި ބަހުން: black and white snapper) އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި ވަރަށް ގިނައިން އުޅޭ މަހެކެވެ. ދިވެހި މަސްވެރިން ފައްތައިގެން ކުރާ ކެޔޮޅު ކަމުގައި މިމަސް ގިނައިން ބޭނިފައި ހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 60 ސމ އަށެވެ. ނަމަވެސް ގިނައިން ބޭނިފައި ހުންނަނީ ގާތްގަނޑަކަށް 35 ސމ ބޮޑުމިނުގެ މަހެވެ. މިމަސް އާންމުކޮށް އުޅެނީ ތިލަ ފަރުފަޅުތަކުގެ ބޭރުގައެވެ. ކައިއުޅެނީ ކުދިމަހާ އަޑީގައި ދިރިއުޅޭ ތަފާތު ކުދިކުދި ފަނިފަކުސައެވެ.

މަހުގެ ބުރަކަށި މަތީ ކޮތަރިބައިގައި ހަރުކޮށް ހުންނަ 10 ކައްޓާއި، 14މަޑުކަށި ހުރެއެވެ. މަހުގެ ބަނޑުދަށް ފަރާތުގައި ހަރުކޮށް ހުންނަ 3 ކައްޓާއެކު 11 މަޑުކަށި ހުރެއެވެ. މަހުގެ ކަންފަތުގައި 18މަޑުކަށި ހުރެއެވެ. ފޮނިޔަ މަހުގެ ކުލައަކީ ގަދައަޅި ކުލައެވެ. މިމަސް ތާޒާކަންމަތީ އޮންނައިރު ބޮލުގެ ދެފަރާތުގައި ރީނދޫ ކުލައިގެ ކުރެހުން ބައެއް ފަނޑުކޮށް ފެންނަން ހުރެއެވެ.