Jump to content

ފެޓް (އަންސެޗުރޭޓެޑް ފެޓް)

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

އަންސެޗުރޭޓެޑް ފެޓް(އިނގިރޭސި ބަހުން: unsaturated fat) އަކީ އަންސެޗުރޭޓެޑް ފެޓީ އެސިޑް(އިނގިރޭސި ބަހުން: unsaturated fatty acids) އެކުލެވިގެންވާ ފެޓް އެވެ. މިއީ ފެޓް އުފެދިފައިވާ ގޮތަށް ބަލައިގެން ފެޓް ބަހާލާއިރު އޭގައި ހިމެނޭ މައިގަނޑު 2 ބައިން އެއްބައެވެ. ފެޓް އުފެދުމުގެ ތެރޭގައި ހުންނަ ފެޓީ އެސިޑް ޗޭނު ބުރިއެއް ގައި ޑަބަލް ގުޅުމެއް ވާނަމަ އެއީ އަންސެޗުރޭޓެޑް ފެޓް އެވެ. ފެޓީއެސިޑް(އިނގިރޭސި ބަހުން: Fatty acids) ޗޭނުބުރިއެއްގައި އެންމެ ޑަބަލް ގުޅުމެއްވާނަމަ، މޮނޮއަންސެޗުރޭޓެޑް ފެޓް އެވެ. އެކަކަށްވުރެ ގިނަ ޑަބަލް ގުޅުން ޗޭނުބުރިއެއްގައި ހުރިނަމަ، މިވައްތަރުގެ ފެޓީއެސިޑް އަށް ކިޔަނީ ޕޮލީއަންސެޗުރޭޓެޑް ފެޓް އެވެ. ކަނޑުމަހުގައި ހުންނަ ފެޓް އާއި، އެކި ބާވަތްތަކުގެ އޮށްތަކުންނާއި، ގޮވާމުން ހާނާ ތެލުގައި ހުންނަ ފެޓް، އަދި މައިމީހާގެ ގާތުންދޭ ކިރުގައި ހުންނަ ފެޓް އަކީ އަންސެޗުރޭޓެޑް ފެޓް އެވެ. މިވައްތަރުގެ ފެޓް އިން ލޭގައި ހުންނަ ކޮލެސްޓްރޯލްގެ މިންވަރު ތަފާތުކޮށްދީ، ނާރުތަކުގެ ބަލިތަކުންނާއި، ހިތުގެ ބަލިތަކުން މީހާ ދުރުކޮށްދިނުމުގައި އެހީތެރިވެދެއެވެ. މިފެޓް އިން އުފެދޭ ކޮލެސްޓްރޯލް އަށް ކިޔަނީ ހައިޑެންސިޓީ ލިޕޯޕްރޮޓީން(އެޗްޑީއެލް) ނުވަތަ ރަގަޅު ކޮލެސްޓްރޯލް އެވެ.

  • ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003