ފެކަލްޓީ އޮފް އެޑިޔުކޭޝަން

ވިކިޕީޑިއާ އިންވިކިޕީޑިއާ
ފެކަލްޓީ އޮފް އެޑިޔުކޭޝަން

ފެކަލްޓީ އޮފް އެޑިޔުކޭޝަން އަކީ 1984 ވަނަ އަހަރު އިންސްޓިޓިއުޓް ފޮރ ޓީޗަރ އެޑިޔުކޭޝަން ގެ ނަމުގައި ހުޅުވިގެން އައި ތަނެކެވެ. މިއިންސްޓިޓިއުޓް އުފެއްދުމުގެ ކުރިން ޓީޗަރުން ތަމްރީނުކޮށްފައިވަނީ އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރުގެ ފަރާތުންނެވެ. މިއީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ފެކަލްޓީ ތަކުގެ ތެރެއިން އެންމެ ގިނަ ދަރިވަރުން ތަޢުލީމް ޙާޞިލްކުރަމުންދާ ފެކަލްޓީ އެވެ. ސެޓްފިކެޓް ލެވެލް ކޯސްތަކުން ފެށިގެން ގޮސް ފުރަތަމަ ޑިގްރީ ފެންވަރުގެ ކޯސްތަކަށް ދަންދެން މި ފެކަލްޓީގެ ކެމްޕަސް ތަކުގައި ކިޔަވައި ދެއްވައެވެ.