ފުލޫ ވެކްސިން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ފުލޫ ވެކްސިން އަކީ އާންމު ގޮތެއްގައި ޖެހޭ ރޯގާއިން ރައްކާތެރިވުމަށް ދެވޭ ވެކްސިނެކެވެ. މީގެ ދެވައްތަރެއްގެ ވެކްސިން ހިމެނެއެވެ. މިއިން ކޮންމެ ވެކްސިނެއް އުފެއްދުމަށް އިންފުލުއެންޒާ ވައިރަސްގެ ތަފާތު 3 ވައިރަހެއް ބޭނުންކޮށްފައިވޭ! ވެކްސިން އާއި ގުޅިގެން ހަށިގަނޑުގެ ދިފާޢީ ނިޒާމް ގައި ރޯގާ އާއި ދެކޮޅަށް މަސައްކަތް ކުރާނެ ހަށިދަމަނަ އުފައްދަނީ ވެކްސިންދޭތާ 10 ދުވަސް ފަހުން!

ފުލޫޝޮޓް[އުނިއިތުރު ގެންނަވާ]

• މިއީ އަތުގެ މުލައްދަނޑިއަށް އިންޖެކްޝަން ޖަހައިގެންދެވޭ އިންއެކްޓިވޭޓެޑް ނުވަތަ މަރާލެވިފައިވާ ވައިރަސް އެކުލެވޭ (މަސައްކަތްނުކުރާގޮތް ހެދިފައިވާ) ވެކްސިނެއް! • އުމުރުން 6 މަހުން މަތީގެ ކުދިންނާއި، ދުޅަޙެޔޮ ޞިއްޙަތެއްގައި ހުރި ކޮންމެ މީހަކާއި، ބޮޑެތި ބަލިތައް ތަޙައްމަލު ކުރަމުންގެންދާ މީހުންނާއި މާބަނޑު މީހުންނަށް ވެސް މިވެކްސިން ދެވިދާނެ! • ފުލޫ ޝޮޓް ވެކްސިން ދިނުމުން ކުރިމަތިވެދާނެ ނުރަގަޅު އަސަރު ތަކުގެ ތެރޭގައި ކަރުތެރެ ރަތްވެ ފާރުވުން، ހުންއައުން، އިންޖެކްޝަން ޖެހިތަން ދުޅަވުން ފަދަ ކަންތައް ހިމެނޭ

== ނޭޒަލް ސްޕްރޭ ފުލޫ ވެކްސިން ==

• މިއީ ބާރުދެރަކޮށްލާފައިވާ ވައިރަސް ބޭނުންކޮށްގެން ހަދާފައިވާ ވެކްސިނެއް! • އުމުރުން 2-49 އަހަރާއި ދެމެދުގެ ޞިއްޙަތު ސަލާމަތުން ހުރި ކޮންމެ މީހަކަށް މިވެކްސިން ދެވިދާނެ! މާބަނޑު މީހުންނަށް ދިނުން އެދެވިގެންނުވޭ! • ނޭޒަލް ސްޕްރޭ ފުލޫ ވެކްސިން ދިނުމުން ކުރިމަތިވެދާނެ ނުރަގަޅު އަސަރު ތަކުގެ ތެރޭގައި ، ނޭފަތުން ފެންއައުން، ކަރުތެރެ ރަތްވެ ފާރުވުން، ހުންއައުން، ކެއްސުން، ބޮލުގައި ރިހުން ފަދަ އުދަގޫތައް ހިމެނޭ

ފުލޫ ވެކްސިން ދިނުން އެދެވިގެންވާ މީހުން[އުނިއިތުރު ގެންނަވާ]

• 6 މަހުން މަތި 18 އަހަރުން ދަށުގެ ކުދިން • އުމުރުން 50 އަހަރުން މަތީ މީހުން • މާބަނޑު މީހުން • ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންގެންދާ މީހުން • ޞިއްޙީ ދާއިރާގައި މަސައްކަތްކުރާމީހުން • ބަލިޖެހިފައިވާ މީހުންނާއި ގައިގޯޅިވެއުޅޭ މީހުން

ފުލޫ ވެކްސިން ދިނުން އެދެވިގެންނުވާ މީހުން[އުނިއިތުރު ގެންނަވާ]

• ކުކުޅު ބިހާ ނުގުޅޭ ނުވަތަ އެލާރޖިކް މީހުން • ފުލޫ ވެކްސިން އާއި ނުގުޅޭ މީހުން • ފުލޫ ވެކްސިން ދިންތާ 6 ހަފްތާ ތެރޭގައި ވާގިނެތުމުގެ ވައްތަރެއް ކަމުގައިވާ ގިލައިންބެރީ ސިންޑްރޯމް ޖެހިފައިވުން • 6 މަހުން ދަށުގެ ކުދިން • ވެކްސިންދޭ ދުވަސްވަރު ބަލިކުދިން