ފުރޮޅު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ފުރޮޅަކީ އެއްޗެހި ދުއްވުމަށް ނުވަތަ އެއްޗެހި ހިންގުމަށް ވައްކޮށް ހަދައިފައި އޮންނަ އެބުރޭ ބުރެކެވެ. ފުރޮޅު ދުނިޔޭގައި އެންމެ ފުރަތަމަ އިންސާނުން ބޭނުން ކުރިކަމަށް ތާރީޚް ތަކުން ފެންނާން އޮތީ އީސާގެ ފާނު ދުނިޔެއަށް ފޮނުއްވެވުމގެ ހަތަރު ހާސް އަހަރު ކުރިންނެވެ. އެއީ ފޯތް މެލޭނިއަމް ބީސީއީގެ ތެރޭގައެވެ. ފުރޮޅު އޭރު ހަދާފައިވަނީ ހިލަކަޑައިގެން ބުރުވަށްކޮށް ގެންނެވެ. އަދި ލަކުދީގެ ބުރުވެސް ފުރޮޅުގެ ގޮތުގައި ބޭނުން ކޮށް ފައިވަކަން ފާހަގަ ކުރެވެއެވެ. ފުރޮޅަކީ ދުނިޔެއަށް ތަރައްޤިގެ އިންގިލާބު ގެނައުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ އެއްޗެކެވެ.



ފުރޮޅުގެ ތާރީޚް


މެސޮޕޮޓާމިޔާއާއި އުތުރު ކާކަސް އާއި މެދު ޔޫރަޕްގައި އުޅުނުމީހުން ފުރޮޅުލީ ވެހިކަލް 4 ވަނަ މެލޭނިއަމް ބީސީގައި ގެންގުޅެފައިވާ ކަމުގެ ހެކިތައް ފެންނާން އެބަހުއްތެވެ. ފުރަތަމަ ފުރޮޅު އުފެއްދި ބަޔަކީ ކޮބައިކަން ކަޑައެޅުމުގައި މިއަދާއި ހަމައަށް އައި އިރުވެސް ވަނީ ހިޔާލު ތަފާތުވުމެއްގައެވެ. ބަލްކަން އާއި ޔޫރޯ އޭޝިޔާއާއި އިންޑަސްވެލީގައި ދޭއް އަދި ތިން ވަނަ މިލޭނިއަމް ބީސީއީގައި ޗެރިއޮޓް ތަކުގައި ފުރޮޅު ބޭނުންކޮށް ފައިވެއެވެ. ސްކެންޑިނޭވިޔާއާއި ޗައިނާގައި 1200 ބީސީއީގައި ފުރޮޅުގެ ގާޑިޔާ ބޭނުން ކުރިކަމުގެ ހެކތައް ފެންނާން އެބަހުއްޓެވެ. އުބައިދު ޕީރިއަޑްގައި ޗަލްކޮލެތިކް މީހުން ޕޯޓަރުންގެ މަސައްކަތްތަކަށް ފުރޮޅުލީ ގާޑިޔާ ބޭނުންކޮށްފައި ވެއެވެ.


udeylia 13:36, 27 މެއި 2010 (UTC)