Jump to content

ފުރާލިކްސް ސިންޑްރޯމް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ފުރާލިކްސް ސިންޑްރޯމް (އިނގިރޭސި ބަހުން: Frohlich's Syndrome)ނުވަތަ އެޑިޕޮސޯޖެނިޓަލް ޑިސްޓްރޮފީ އަކީ ވަރަށް މަދުން ނަމަވެސް ކުޑަކުދިންނަށް ޖެހޭ ބައްޔެކެވެ. މިބަލި ޖެހުމުން ފާހަގަ ކުރެވޭނެ ކަންތައްތަކުގެ ތެރޭގައި، މާބޮޑަށް ފަލަވުން، ބޮޑުނުވުން، އަދި ޖިންސީ ގުނަވަންތައް ރަގަޅަށް ފުރިހަމަ ނުވުން ފަދަ ކަންތައްތައް ހިމެނެއެވެ. މިބަލިޖެހެނީ ހައިޕޯތަލަމަސް އަށް ޖެހޭ ޓިއުމަރު އާއެކުގައެވެ. އެހެން ކަމުން ކާހިތްވުން، އަދި ގޮނާޑޮޓްރޮޕިން ދޫކުރުން ދަށްވުން ފަދަ ކަންތައްތައް ކުރިމަތިވުން ހިމެނެއެވެ. މިބަލި ފުރަތަމަ ހޯދާފައިވަނީ އޮސްޓްރޭލިޔާގެ ނިއުރޮލޮޖިސްޓެއް ކަމުގައިވާ އަލްފްރެޑް ފުރޯލިކް އެވެ.

ފުރާލިކްސް ސިންޑްރޯމް ޖެހެނީ އާންމުކޮށް ފިރިހެން ކުދިންނަށެވެ. ޕިޓޫއިޓަރީ ގްލޭންޑް އާއި ހައިޕޯތަލަމަސް އާއި ދެމެދު އޮންނަ ގާތްގުޅުމުގެ ސަބަބުން ޕިޓޫއިޓަރީ ގްލޭންޑް ގެ މަސައްކަތް ދަށްކޮށްލުމަކީ މިބަލިޖެހުމުން ވެދާނެ ގޮތެކެވެ.

ހައިޕޮތަލަމަސް ގައި އުފެދިފައިވާ ޓިއުމަރުގެ އަސަރު ފެނުމަށް ޚާއްޞަ ނާރު އަށް ކޮށްފިނަމަ ލޮލުގެ ފެނުމަށް ބަދަލު އައުމަކީ ވެދާނެ ގޮތެކެވެ. މިބައްޔަށް ފަރުވާ ކުރުމަށް ޓިއުމަރު ނަގަން ޖެހެއެވެ. އަދި އާދައިގެ ވަރަކަށް މީހާގެ ބަރުދަން ލުއިވަންދެން ކެއުމުގައި ބަލަން ޖެހެއެވެ.