Jump to content

ފީ މިޔަރު

ވިކިޕީޑިއާ އިންވިކިޕީޑިއާ
ފީ މިޔަރު

ފީ މިޔަރު ނުވަތަ ފީބޯ މިޔަރު (އިނގިރޭސި ބަހުން: Carcharhinus longimanus)ނުވަތަ (އިނގިރޭސި ބަހުން: Oceanic whitetip shark) އަކީ މިޔަރުގެ ބާވަތެކެވެ. މިއީ އަތޮޅުން ބޭރު މާކަނޑުތަކުގައި އުޅޭ މިޔަރެކެވެ. މިއީ ބޮޑު މިޔަރެކެވެ. ވަރަށް މަދުން ނޫނީ މިބާވަތުގެ މިޔަރު އަތޮޅު ތެރޭގެ ތިލަ ކަނޑުތަކުގައެއް ނޫޅެއެވެ. މިއީ ވަރަށް ބަރުހެލި މިޔަރެކެވެ. އައްޓަމަސް، ކަފިމަސް، އަދި ބައެއް ފަހަރު ފިޔަލަ ވެސް މިބާވަތުގެ މިޔަރާއި ގައިގޯޅިވެގެން އެކުގައި ދަތުރުކޮށް ހަދައެވެ.

ފީ މިޔަރު ވިހާ ކޮންމެ ފަހަރަކު 1އާއި 15 އާއި ދެމެދު އަދަދަަކަށް ޅަމިޔަރު ވިހައެވެ. ފީ މިޔަރުގެ އާންމު ކާނާ އަކީ މަހެވެ. ޚާއްޞަ ގޮތެއްގައި ކަނޑުމަހުގެ ބާވަތްތަކާއި ހަނދީގެ ބާވަތްތަކެވެ. މީގެ އިތުރުން ކަކުނި ފާނޑުގެ ސޫތްޕާއި، ވެލާ ކަހަނބުވެސް ކައިއުޅެއެވެ. މިއީ ކަނޑުމަހުގެ މަސްވެރިން ބާނާ މަހަށް ހަމަލާދީ ހަދާ ނުރައްކާތެރި އެއާމެދު ސަމާލު ވާންޖެހޭ މިޔަރެކެވެ.

ފީ މިޔަރުގެ ބޯކޮޅު އާދައިގެ ވަރަކަށް ވަށްވާނެއެވެ. މިޔަރުގެ ބުރަކަށި މަތީގެ ފުރަތަމަ އުރަހަ އެހެން އުރަހަ ތަކަށްވުރެ އާދަޔާ ޚިލާފަށް ބޮޑުވެފައި ކޮޅަށް ވަށްވާނެއެވެ. ކަންފަތް ވެސް ހުންނާނީ ދިގުކޮށް ކޮޅަށް ވަށްކޮށެވެ. މިބާވަތުގެ މިޔަރު 3.9 މީޓަރަށް ބޮޑުވާކަމަށް ވެއެވެ.

ފީ މިޔަރުގެ ބުރަކަށިމަތީގެ ފުރަތަމަ އުރަހައާއި، ކަންފަތާއި ނިގޫފަތުގެ ތިރީބައިގައި ހުދު ލަފެއް ހުންނާނެއެވެ. ބަނޑު ދަށްފަރާތު އުރަހައިގެ ދަށްފަރާތުގައި ކަޅުކުލައިގެ ތިކިތަކެއް ހުރެއެވެ.