ފީޑިންގ ފްރެންޒީ (ގޭމް)

ވިކިޕީޑިއާ އިންވިކިޕީޑިއާ
ފީޑިންގ ފްރެންޒީ ގޭމްގެ މަންޒަރެއް

ފީޑިންގ ފްރެންޒީ އަކީ ސްޕްރޮއުޓް ގޭމްސް އިން ލިޔެ ޕޮޕް ކެޕް ގޭމްސް އިން ކުޑަކުދިންނަށް ހާއްސަ ކޮށް އުފައްދައި ތައްޔާރު ކޮށްފައިވާ ގޭމެކެވެ.

ގޭމްގެ ތަޢާރަފެއް[އުނިއިތުރު ގެންނަވާ]

މިގޭމުގައި ގޭމް ކުޅޭ މީހާ ޖެހޭނީ ބަނޑުހައި ވެފައިވާ މޫދުގައި ދިރިއުޅޭ މަހެއް ކޮންޓްރޯލް ކުރާށެވެ. ތިމާއަށް ވުރެ އެހެނިހެން ކުޑަ މަސްތައް ކައިގެން ބޮޑުވުމަށެވެ. ކުޑަ މަސްތައް ކެވޭ ވަރަކުން ކުޅެމުންގެންދާ މަސް ބޮޑުވާނެއެވެ. ބޮޑުވުމުން މީގެ ކުރިން ނުކެވި ހުރި ބޮޑެތި މަސްތައް ކެވޭނެއެވެ. މިގޮތުން މި ގޭމުގެ 40 ލެވެލްގައި ޖެހޭނީ މިގޮތައް ފުޑް ޗެއިންގެ އެންމެ ކުރިއަށް އަރަންށެވެ. ކޮންމެ ލެވެލް އެއްވެސް ފެށޭނީ އެންމެ ކުޑަ މަހުންނެވެ. މިގޮތަށް މަސް އެންމެ ބޮޑުވުމުން ލެވެލް ނިމި ޖެހިގެން އޮންނަ ލެވެލް އަށް ދެވެއެވެ.

ހާއްސަ ބާރުތައް[އުނިއިތުރު ގެންނަވާ]

ގޭމުގައި ކޫޅުންތެރިޔާ ކުޅޭ ކޮންމެ މަހަކަށްވެސް ހާއްސަ ބާރުތަކެއް ލިބިގެންވެއެވެ. މިގޮތުން މަހުގެ އަވަސް މިން އިތުރު ކުރެވޭ ބޯނަހެއް ހިމެނިފައިވާ ފަދައިން އެއް ހިސާބެއްގައި އުޅޭ މަސްތައް އެއްފަހަރާ ކުޅުންތެރިޔާގެ މަހަށް ދަމައި ގަތުމުގެ ބާރު ލިބުން ހިމެނެއެވެ.

ގޭމް ލިބިގަންނާނެގޮތް[އުނިއިތުރު ގެންނަވާ]

ފީޑިންގ ފްރެންޒީގެ މެކްރޯ މީޑިޔާ ވާރޝަން އެމް.އެސް.އެން ގޭމިންގ ޒޯން އިން އޮނލައިންކޮށް ހިލޭ ކުޅެވޭގޮތަށް ވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް މިގޮތަށް ކުޅޭ އިރު ކުޅުންތެރިޔާ އަށް ކުޅެން ލިބޭ ލެވެލްތަކުގެ އަދަދު މަދުވާނެއެވެ. ފީޑިންގ ފްރެންޒީގެ ޑިލަކްސް ވާރޝަން ޓްރަޔަލް އެއްގެ ގޮތުގައި، އަދި ފީޑިންގ ފްރެންޒީ އިންޓަރނެޓުން ހިލޭ ޑައުންލޯޑް ކޮށްގެން ލިބޭގޮތަށް ހަމަޖެހިފައިވެއެވެ. އަދި މީގެ އިތުރަށް މިގޭމުގެ އެކްސް ބޮކްސް (Xbox) އަދި އެކްސް ބޮކްސް 360 (Xbox 360) ގެ ވާރޝަން ވެސް ލިބެން ހުރެއެވެ.

ފީޑިންގ ފްރެންޒީ 2[އުނިއިތުރު ގެންނަވާ]

2006 ވަނަ އަހަރުގެ މާރޗް މަހުގައި ފީޑިންގ ފްރެންޒީގެ އެހެން ބަޔެއް ކަމުގައި، ފީޑިންގ ފްރެންޒީ 2 ވަނީ ރިލީޒް ކުރެވިފައެވެ. ފީޑިންގ ފްރެންޒީ 2 ގައި އާ ބައިތަކެއް ހިމެނިފައި ވެއެވެ. މިގޮތުން ކަނޑު އަޑީގެ އާ މަންޒަރުތަކާއި، ކަނޑު އަޑީގެ އާ މަސްތައް އަދި އާ ޕަވަރ-އަޕް ހިމެނިފައިވެއެވެ.