ފީރު މުރަނގަ ތޮޅި

ވިކިޕީޑިއާ އިންވިކިޕީޑިއާ
ފީރު މުރަނގަ

ފީރު މުރަނގަ (ސައިންޓިފިކް ނަން: Sesbania grandiflora)ނުވަތަ (އިނގިރޭސި ބަހުން: sesbanis)އަކީ ހުދުކުލައިގެ މަލެއް އަންނަ ހިމަދިގު ތޮޅިތަކެއް އަޅާ ފަތްކުދި މެދުމިނުގެ ގަހެކެވެ. ފީރު މުރަނގަ ތޮޅި އަކީ ތަރުކާރީގެ ބާވަތެކެވެ. ފީރު މުރަނގަ އާންމުކޮށް ހެދެނީ ހޫނު ހިސާބު ތަކުގައެވެ. ޚާއްޞަ ކޮށް ދެކުނު އޭޝިޔާގެ ގައުމުތަކުގައެވެ. ފީރު މުރަނގަ ހެއްދުމުގައި އެންމެ މަޝްހޫރު އެއްގައުމަކީ އިންޑިޔާ އެވެ.

ފީރު މުރަނގަ ގަހުގެ މާ ބައެއް ގައުމުތަކުގައި ތަރުކާރީގެ ގޮތުގައި ކައިއުޅެއެވެ. ފީރު މުރަނގަ ތޮޅި، އަދި ފީރު މުރަނގަ ގަހުގެ ފަތަކީ ވެސް ތެލުލައިގެން ކެއުމުގެ ތެރޭގައި ބޭނުންކުރެވޭ އެއްޗެކެވެ. ފީރު މުރަނގަ ތޮޅި ގިނައިން ބޭނުންކުރެވެނީ މުރަނގަ ތޮޅި ބޭނުންކުރާ އުސޫލުން ރިހަ ކެއްކުމަށެވެ.