ފިޔާ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ފިޔާ

ފިޔާ(ސައިންޓިފިކް ނަން: Allium)ނުވަތަ (އިނގިރޭސި ބަހުން: Onion) އަކީ ކާ ތަކެތީގެ ރަހަމީރު ކުރުމަށާއި ބޭހަށް ބޭނުންކުރާ ތަރުކާރީއެކެވެ. މިއީ ބިމުގެ އަޑިއަށް ފައިބާ އެއްޗެކެވެ. މީގެ ބޮޑެތި ބާވަތާއި ކުދި ބާވަތް ހުރެއެވެ. ފިޔާގެ އެތައް ގިނަ ވައްތަރު ހުރެއެވެ. އޭގެ ތެރޭގައި ރަތްފިޔާ، ހުދު ފިޔާ، ކުދި ފިޔާ އަދި ބޮޑެތި ފިޔާ އާއި މިނޫން ވައްތަރުތައް ހުރެއެވެ. ފިޔާ އަކީ ދިވެހިންގެ ކެއުމުގައި ތަފާތު ގޮތްގޮތަށް ބޭނުން ކުރެވޭ އެއްޗެކެވެ.

ފިޔާ ބޭނުން ކުރެވޭ ގޮތްތަކުގެ ތެރޭގައި ފިޔާ މީރުކޮށްގެން ރިހަކައްކުމުގައި ބޭނުންކުރުން، ނުވަތަ ތަފާތު ވައްތަރުގެ ކުޅިމަސް ހެދުމުގައި ބޭނުން ކުރުން، ފިޔާ ބޭނުންކޮށްގެން ތަފާތު ވައްތަރުގެ ސަލަޑްތައް ހެދުން ހިމެނެއެވެ. މީގެ އިތުރުން ބައެއް ފަހަރު ފިޔާ ކެއުމުގައި ވެސް ބޭނުން ކުރެއެވެ. ކެއުމުގައި ބޭނުންކުރަނީ ހުހަށް ބަތާއެކު ކެއުމަށެވެ. ފިޔައަކީ ވެސް އޭގައި ތަފާތު އެތައް ފައިދާތަކެއް އެކުލެވޭ އެއްޗެއް ކަމުގައި ވަނީ ފާހަގަ ކުރެވިފައެވެ.