Jump to content

ފިރިހެން ހަށީގެ ބޯ ނިވައިކޮށްދޭ ހަންކޮޅު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ފިރިހެން ހަށީގެ ބޯ ނިވައިކޮށްދޭ ހަންކޮޅު(އިނގިރޭސި ބަހުން: Foreskin)

ފިރިހެން ހަށީގެ ބޯ ނިވައިކޮށްދޭ ހަންކޮޅު
އަކީ ޚިތާނުކުރީމާ ޒަކަރުން ފާޅުވާ ހިސާބު ނިވައިކޮށްދޭން އިންނަ ހަންކޮޅެކެވެ. 

މިއީ ހަމާއި، ތެތްދުލިފަށް އެކުލެވިގެން އުފެދިފައިވާ ފަށަލައެވެ. ފިރިހެން ހައްޓަށް ވަރުޖެހި ސީދާ ނުވެ ހުންނަ ހިނދު ކުޑަކަމުދާ ހޮޅީގެ ދޮރު މިހަންކޮޅުގެ ސަބަބުން ނިވައިކޮށްދެއެވެ. ޚިތާނު ކުރުމުގެ ތެރޭގައި މިހަންކޮޅު ވަކިކޮށް ނަގައެވެ. މިހަންކޮޅުގެ ބޭރުން އިންނަނީ ހަމަ ފިރިހެންހަށީގައިވާ ހަމެކޭ އެއްފަދަ ހަންކޮޅެކެވެ. އެކަމަކު އެތެރެ ފުށުން ލެވިފައި އިންނަނީ ތެތް ދުލިފަށެވެ.