ފާތިމަތު އަފްލާޒް ފައިޞަލް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ފާތިމަތު އަފްލާޒް ފައިޞަލް (އަޕީ) އަކީ ދިވެހި ފިލްމީ ފަންނާނެކެވެ. އުފަންވެފައިވަނީ 22 އޮގަސްޓް 2000 ގައެވެ. ބައްޕައަކީ ދިވެހި ފިލްމީ ތަރި މުޙައްމަދު ފައިޞަލް އެވެ. މަންމައަކީ މަރިޔަމް ޝެރެޒިނީ އެވެ. އަޕީ މިހާރު 2011 ގައި ތަޢުލީމް ޙާޞިލްކުރަމުންދަނީ އިސްކަންދަރު ސުކޫލްގެ ގްރޭޑް 5 ގައެވެ. އަޕީގެ ހުސްވަގުތުތަކުގައި ކޮށްއުޅޭ ކަންތައްތަކުގެ ތެރޭގައި، ފޮތްކިޔުން، ބޮލިއެއްކުރުން، އަދި ފިލްމްކުޅުން ހިމެނެއެވެ. ފާތިމަތު އަފްލާޒް ފައިޞަލް ފުރަތަމަ ފެނިގެންދިޔައީ އުމުރުން 3 އަހަރުގައި ޓީވީ އިޝްތިހާރަކުންނެވެ. އޭގެ ފަހުން ފިލްމްތަކުން ތަފާތު ރޯލްތަކުން އަޕީ ފެނިގެން ގޮސްފައި ވެއެވެ.

އަޕީގެ މަސައްކަތްތައް[އުނިއިތުރު ގެންނަވާ]

  • 2004 : ކުރަމޭ ވަދާއީ ސަލާމް – ޢަބުދުލް ފައްތާހު – ޑޭޝް ސްޓޫޑިއޯ
  • 2008 : ހުރީމޭ އިންތިޒާރުގާ – ޢަބުދުލް ފައްތާހު – އެޕޯލޯ އެންޓަޓެއިންމެންޓް
  • 2009: ބުޅާ ދޮންބެ – ޔޫއްޕެ – ކްރިސްޓަލް އެންޓަޓެއިންމެންޓް
  • 2010 : މިހިތް ކީއްކުރާނީ – އަމްޖަދު އިބްރާހީމް - ވީސްޓްރީމް
  • 2010 : ދިންވޭނުގެ ހިތާމައިގައި – ޢަލީ ޝިފާއު – ޑީއާރުއީ
  • 2011: ޒަހަރު – ޢަލީ ޝިފާޢު – ޑީއާރުއީ